މަސައްކަތް
ނަންބަރު: (IUL)94-Q/1/2021/22
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 23:05
ސުންގަޑި: 15 ޖުލައި 2021 12:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ހެޑު އޮފީހުގައި (ވެލާނާގެ 1 ވަނަ ފަންގިފިލާ) އަޅާފައިވާ ކާރޕެޓް ބަދަލުކޮއްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

  ޕްރޮޖެކްޓް ނަންބަރު:  PC-942021W-15

އަންދާސީ ހިސާބު ބޭނުންވެއްޖެ  

  1. މޯލްޑިވްސް އިމިގްރޭޝަން ހެޑު އޮފީހުގައި (ވެލާނާގެ 1 ވަނަ ފަންގިފިލާ) އަޅާފައިވާ ކާރޕެޓް ބަދަލުކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
  2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 11 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ހެޑްއޮފީހަށް (ވެލާނާގެ 01 ވަނަ ފަންގިފިލާ) ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް  އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

07 ޖުލައި 2021