ބީލަން
                	
                ނަންބަރު: MNU-CA-PAMD/2021/044
                    ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
                    ޕަބްލިޝްކުރި ގަޑި:  21:45
                                            ސުންގަޑި: 
                            15 ޖުލައި 2021 10:00
                        
                    
                ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
                                - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ އާކިޓެކްޗަރ ޑިގްރީގެ މުޤައްރަރު ގްރީން އަދި ސަސްޓެނަބިލިޓީ ކޮންޕޯނަންޓްސް އިތުރުކޮށް ބައިނަލްއަގުވާމީ އެކްރެޑިޓޭޝަން މިންގަޑުތަކަށް ފެތޭ ގޮތަށް އިޞްލާޙް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މީގެ އިތުރުން މި މިންގަޑުތަކަށް ފެތޭގޮތައް އާކިޓެކްޗަރ މާސްޓަރސް ކޯހުގެ މުޤައްރަރު އެކުލަވާލަން ބޭނުންވާތީ އެފުރުޞަތުވެސް ހުޅުވާލަމެވެ.
- މިމަސައްކަތާ ގުޅޭ ޓީ.އޯ.އާރު މި އިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ. މި ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާ ލިޔުންތައް ޕްރޮޕޯސަލާއެކު ހުށަހަޅަންވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
| އިތުރު މައުލޫމާތު ސާފުކުރުމަށް: ފެކަލްޓީ އޮފް އެންޖިނިއަރިން ސައިންސް އެންޑް ޓެކްނޯލޮޖީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345454، 3345444، 3345455 އީ-މެއިލް: [email protected] | 
 | 
                07 ޖުލައި 2021