ކުއްޔަށް ދިނުން
ނަންބަރު: (IUL)265/265/2021/22
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 14 ޖުލައި 2021 00:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުލީ ބިން ދޫކުރުމާއިބެހޭ

ތިރީގައި މިދަންނަވާ ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިމުގެ މަޢުލޫމާތު:

  • ބަނދަރުގެ އިރުމަތީކޮޅުން ތެލުގެ ވިޔަފާރި ކުރުމަށް 600 އަކަފޫޓުގެ 1 ބިން (އިމާރާތާއެކު)

ވީމާ، މި ބިން ބިޑު އުސޫލުން ކުއްޔަށް ހިފުމުށް ޝައުގުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

14/07/2021 ވާ ބުދަ ދުވަހުގެ 13:00

28/07/2021 ވާ ބުދަ ދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބަނދަރު ސަރަހައްދުން ކުލީ ބިން ހޯދުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2021