ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.
ބ.ކުޑަރިކިލު ޞިއްޙީމަރުކަޒުން ލެބޯޓްރީ ސާމްޕަލް ނަގައިގެން ބ.ކެންދޫ ޞިއްޙީމަރުކަޒަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްކުރި 20/2021/BAH/BAH-AHR (IUL) (6 މޭ 2021) އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
ބ. ކުޑަރިކިލު ޞިއްޙީމަރުކަޒުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ބ.ކެންދޫ ޞިއްޙީމަރުކަޒަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއްޖެއެވެ.
ސާންޕަލް ހުރި ރަށް |
ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން |
ބ. ކުޑަރިކިލު ޞިއްޙީމަރުކަޒު |
ބ.ކެންދޫ ޞިއްޙީމަރުކަޒު |
ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖުލައި 2021 ވާ ބުދަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ކުޑަރިކިލު، ކެންދޫ ޞިއްޙީމަރުކަޒަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 އޮގަސްޓު 2021 ވާ ބުދަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ކުޑަރިކިލު، ކެންދޫ ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.