ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-51/INDIV/2021/21
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި:
11 ޖުލައި 2021 12:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނާލުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތް
- ދަނާލުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021ޖުލައި07 ން 2021 ޖުލައި 11 ގެ 12:00 ގެ ކުރިން މަދްރަސާއަށް ދުރުވެ ނުވަތަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 11 ވަނަ ދުވަހުގެ11:30ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖުލައި 11 ވަނަ ދުވަހުގެ 12:00 ގައި މިމަދްރަސާގެ މީޓިންގ ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021ޖުލައި 14 ވަނަ ދުވަހުގެ12:00ގައިމަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- ފޯން 6620288
- އީމެއިލް: [email protected]
މިމަސައްކަތާއި ބެހޭގޮތުން ކުރެވުނު ނަމްބަރ (IUL)GS-51-dpt-103/GS-51/2021/16 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލް ވީއެވެ. މިއީ މިމަސައްކަތަށް ކުރެވޭ 03 ވަނަ އިއުލާނެވެ.
07 ޖުލައި 2021