ބީލަން
ނަންބަރު: (IUL)235/235/2021/11
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 28 ޖުލައި 2021 11:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ. އަތޮޅުގެ ރަށްރަށަށް ރައްކާތެރި ގޮތުގައި ބޯފެން ފޯރުކޮށްދިނުން

ވ. އަތޮޅުގެ ރަށްރަށަށް ރައްކާތެރި ގޮތުގައި ބޯފެން ފޯރުކޮށް ދޭނެފަރާތެއް ހޯދަންބޭނުންވެއްޖެ

            މިކައުންސިލްގެ ފަރާތުންދެވޭ މައުލޫމާތާއި އެއްގޮތްވާގޮތުގެމަތިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ " ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު " އާއި އެއްގޮތަށް ވ. އަތޮޅުގެ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވުމަށް އެދިވަޑައިގަންނަވާފަރާތްތަކުން ތިރީގައި މިދަންނަވާމައުލޫމާތު ހިމަނުއްވައި [email protected]  އަށް ހުށަހެޅުއްވުން އެދެމެވެ.

1-      ހުށަހަޅުއްވާ ފަރާތުގެ/ ކުންފުނީގެ ނަން:

2-      އެޑްރެސް:

3-      އީމެއިލް އެޑްރެސް:

4-      ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރ:

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލް                   ތާރީޚް                         ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން             08 ޖުލައި 2021 ން 11 ޖުލައި 2021    8:00 އިން 14:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)12  ޖުލައި 2021           14:00

އަންދާސީ ހިސާބު ހުށަހެޅުން             28 ޖުލައި 2021                   11:00 ހެނދުނު

އަންދާސީ ހިސާބު ހުށަހެޅުން

           މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.             

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6700502 އެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޖުލައި 2021