މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2021/131
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 20:19
ސުންގަޑި: 15 ޖުލައި 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓަށްބޭނުންވާ އައު 02 އޭސީ އަދި ޕަބްލިކް ވޯކްސް ސާއރވިސަސްއަށް ބޭނުންވާ 2 އޭސީ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1. މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓަށްބޭނުންވާ އައު 02 އޭސީ، އަދި ޕަބްލިކް ވޯކްސް ސާއރވިސަސްއަށް ބޭނުންވާ 2 އޭސީ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލާއި އެއްގޮތަށް ސަޕްލައި ކޮށް އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 11ޖުލައި2021ވާއާދިއްތަދުވަހުގެ މެންދުރު 12:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11ޖުލައި2021ވާއާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

3. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 12 ޖުލައި 2021ވާހޯމަ ދުވަހުގެ މެންދުރު 12:00ގެކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

4. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ޖުލައި2021ވާ ބުރާސްފަތިދުވަހުގެހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

06 ޖުލައި 2021