ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާއްވާ ބައި-އިލެކްޝަންގެ އިންތިޚާބާ ބެހޭ ކޮމިޓީގައި މި ކައުންސިލުގެ ޢާންމު މެންބަރަކު ހިމެނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވާތީ، ކުރެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު: IUL/480/2021/19 (8 ޖޫން 2021) އަދި IUL/480/2021/19 (18 ޖޫން 2021) އިޢުލާނު އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ޢަދަދު: |
1 (އެކެއް) |
އަސާސީ ޝަރުތުތައް:
|
ނޯޓް: އިންތިޚާބާ ބެހޭ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެމްބަރަކު އިންތިޚާބާ ބެހޭ ކޮމިޓީން އިސްތިޢުފާ ދޭންޖެހޭނެއެވެ.
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް:
|
ގަވާއިދު ނަންބަރު 2019/R-1055 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) އާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަންއާ ގުޅޭއެންމެހައި ކަންތައްތައް ރާވައި ހިންގުން
|
އުޖޫރަ: |
މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި |
އެޕްލިކޭޝަން ހުށަހަޅާނީ 28 ޖުލައި 2021 ގެ 15:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލްގެ ޒަރީޢާއިންނެވެ. (ހުރިހާ ޑޮކިއުމަންޓެއް އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައި)
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.