ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)368-AS/368/2021/30
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 15 ޖުލައި 2021 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ހެޑް ޓީޗަރެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްރީސްކޫލް ހެޑް ޓީޗަރ

ބޭނުންވާ ޢަދަދު: 01  (އެކެއް)

މުސާރަ: މަހަކު 5000 (ފަސްހާސް )ރުފިޔާ

ސަރވިސް އެލެވެންސް: 1500 ( އެއްހާސް ފައްސަތޭކަ ) ރުފިޔާ

އެހެނިހެން އެލެވެންސް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ގިންތި: ވަގުތީ ( 1 އަހަރު )

މަސައްކަތު ވަގުތު: ހަފްތާގެ 5 ދުވަހު ، ދުވާލަކު 6 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން: ރެހެންދި ޕްރީސްކޫލް، މ. ދިއްގަރު

 

ފެންވަރު ނުވަތަ ޝަރުތު:

  1. ޕްރީސްކޫލް ޓީޗިން ހަދާފައިވުން ނުވަތަ
  2. އޭލެވެލް / އެޗް.އެސް.ސީ އިމްތިހާނުން ދަށްވެގެން 2 (ދޭއް) މާއްދާއިން 'C' ފާސް ލިބިފައިވުން ނުވަތަ
  3. ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިހާނުގައި ދަށްވެގެން 4 މާއްދާއިން 'C' ފާސް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ދަރިވަރުންނާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓައި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ސުޕްވައިޒްކުރުން

2- ބެލެނިވެރިންގެ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުން.

3- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

4- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

5- ދަރިވަރުން ޙާޞިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުމާއި ސުޕަވައިޒް ކުރުން.

6- ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން

7- ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން

8- ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢޫލޫމާތު ދިނުން.

9- ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން

10- ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން

11- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުކޮށް، ސުޕަވައިޒް ކުރުން.

12- ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.

13- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން

14- ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

15- މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުން

16- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިން. 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3-ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ޕްރީސްކޫލްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކިޔަން އެނގޭ ސާފު) ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖައްސަވައިފައިވާ) ކޮޕީ.
  4. ވަޒީފާއެއްގައި އުޅެފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
  1. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުން)

 

ފޯމު ހުށައެޅުމާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ޖުލައި ވާ ބުރާސްފަތިދުވަހުގެ 14:00  ކުރިން، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީމެއިލް އެޑްރެސް  [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚް:              

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޖުލައި އާއި 29 ޖުލައިގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންލައިންކޮށް ކުރިޔަށް ގެންދަން ޖެހިއްޖެނަމަ އޮންލައިންކޮށްވެސް ކުރިޔަށް ގެންދެވިދާނެއެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓްއާންމުކުރުން

އިންޓަވިއު އަށްފަހު " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މިއިދާރާގައި ކުރިއަށްދާނެ ކަމުގައި ދަންނަވަމެވެ.

  • 07 ޖުލައި 2021 އިން 15 ޖުލައި 2021 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް
06 ޖުލައި 2021