ބީލަން
ނަންބަރު: (IUL)368-AS/368/2021/29
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 11 ޖުލައި 2021 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭން، ފައިނޭންޝަލް ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާ ގުޅޭ

މިރަށުގެ ލޭންޑް ޔޫސް ޕްލޭނާއި، މިކައުންސިލްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤި ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އައުޓްސޯސްކޮށް ބަޔަކާއި ހަވާލުކޮށްގެން ތައްޔާރުކުރުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ޝަރުތު: މަސައްކަތް ހަވާލު ކުރެވޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތެއް މަސައްކަތް ކުރާ ކުންފުނި/ވިޔަފާރި އަކަށެވެ.

ރަޖިސްޓަރީ ކުރުން: ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
ރަޖިސްޓަރީ ކުރުމަށް އެދި ހުށައަޅާއިރު އަމިއްލަ ފަރާތެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތެއްކަން އެނގޭނެ ލިޔުން ހުށައަޅަންވާނެއެވެ.
ކުންފުނި/ވިޔަފާރިއެއްނަމަ، ރަޖިސްޓަރީގެ ކޮޕީއެއް އަކާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތެއް ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރާކަން އެނގޭނެ ލިޔުން ހުށައަޅަންވާނެއެވެ.

މައުލޫމާތު ކަރުދާސް ދޫކުރުން: މި މަސައްކަތަށް ޝަރުތު ފުރިހަމާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް އޮތް މުއްދަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ ކުރިން، އީމެއިލް މެދުވެރިކޮށް މައުލޫމާތު ކަރުދާސް ފޮނުވާނެއެވެ.

ޕްރޮޕޯސަލް ހުށައެޅުން: ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ޕްރޮޕޯސަލް ހުށާއެޅުމަށް ދީވަފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައަޅާނީ އީމެއިލް މެދުވެރިކޮށް މި އިދާރާގެ އީމެއިލް [email protected] އަށެވެ.
މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ގޮތް، މިފަދަ މަސައްކަތްތަށް ކުރުމުގެ ތަޖުރިބާ، މަސައްކަތް ކުރުމަށް ހުށައަޅާ އަގު އަދި މުއްދަތު ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އަދި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް ޕްރޮޕޯސަލްއާއި އެކު ހުށައަޅަންވާނެއެވެ.

އިތުރު މައުލޫމާތު: މި މަސައްކަތާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

06 ޖުލައި 2021