މަސައްކަތް
ނަންބަރު: (IUL) 234-C/234/2021/16
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 15 ޖުލައި 2021 11:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކުރުން

އިޢުލާނު

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކުރުން

 

       މި އިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކުރާނެ ފަރާތެއް ‏‏ހޯދަން ބޭނުންވެއެވެ.‏

      ‏މި މަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 07 ޖުލައި 2021 ވާ ބުދަ ދުވަހުން ފެށިގެން 12 ޖުލައި 2021 ވާ ‏‏ހޯމަ ދުވަހުގެ ނިޔަލަށް forms.adh.gov.mv ލިންކް އިން ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ‏‏ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ‏‎.‎‏ އަދި ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680507 ފޯނަށް ގުޅުއްވައިގެންވެސް ‏ނަންނޯޓް ކުރެއްވޭނެއެވެ. ‏ނަންނޯޓްކޮށްފައިވާ ފަރާތްތަކާއެކު 13 ޖުލައި 2021 ވާ އަންގާރަ ދުވަހު ހެނދުނު 11:30 ގައި ޕްރީބިޑް ސެޝަންއެއް މި ‏‏ކައުންސިލްގެ ‏‏ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.‏ އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ‏‏އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ‏‏ދަންނަވަމެވެ.  ‏

      ‏ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖުލައި ‏‏2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 15 ‏‏ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.  

 

           26 ޛުލްޤަޢިދާ 1442

           06 ޖުލައި 2021

 

 

 (ސޮއި)       

ޢަލީ ނަޞީރު     

އދ.އަތޮޅު ކައުންސިލްގެ ރައީސް

06 ޖުލައި 2021