ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)427-OPR/1/2021/21
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 01 އޮގަސްޓް 2021 00:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެކައުންޓްސް އޮފިސަރ)

ވަޒީފާގެ ފުރުޞަތު (އެކައުންޓްސް  އޮފިސަރ)

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)427-OPR/1/2021/21)

ތާރީޚް: 06 ޖުލައި 2021

 


މަޤާމު

އެކައުންޓްސް އޮފިސަރ

 

ޢަދަދު

1

 

 

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: އެކައުންޓްސް އޮފިސަރ ގްރޭޑް 1

 

ސެކްޝަން

ފައިނޭންސް އެންޑް އެކައުންޓްސް

 

އަސާސީ މުސާރަ:

-/7000 ރުފިޔާ

 

އެލަވަންސް:

-  ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

- މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

އަސާސީ ޝަރުޠު

1.މިދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މި ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި  އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

3. ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

4.ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން.

5.މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން.

6.މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

 

 

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނާއި ކަމާބެހޭ ދެންނެވުން ތަކުގައިވާގޮތުގެ މަތިން، ފައިސާއާ ބެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފައިސާއާބެހޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ބަޖެޓުން ފައިސާ ޚަރަދު ކުރުމުގެ އަދި މިނޫންވެސް ފައިސާއާ ބެހޭ އެންމެހައި މުޢާމަލާތުތައް ހިންގައި ބެލެހެއްޓުން.
  2. ކޮމިޝަނުން ރައްޔަތުންގެ މަޖިލީހަށް ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ އެންމެހައި ރިޕޯޓު އެ ކަނޑައަޅާ ދުވަހަށް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
  3. ވީކްލީ ތިޖޫރީ ރިޕޯޓު ތައްޔާރުކުރުމާއި ބަޖެޓާ ބެހޭ މިފަދަ އެހެނިހެން ރިޕޯޓުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވޭނެގޮތަށް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތީން އެތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ކޮމިޝަނުގެ އެކިއެކި ޕްރޮޖެކްޓްތަކުގެ ބަޖެޓް ބެލެހެއްޓުން، ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން، ބަޖެޓް ބާކީ ޗެކްކުރުން.
  5. މުވައްޒަފުންނަށް މުސާރައާއި، އެލެވަންސްއާއި އެހެނިހެން ފައިސާ ގަވާއިދުން ދިނުމަށް ތައްޔާރުކުރާ މުސާރަ ޝީޓާއި އެހެނިހެން ލިޔުން ފުރިހަމައަށް ޗެކްކޮށް އެފަދަ ފައިސާ ގަވާއިދުން ދެމުން ގެންދެވޭނެ އިންތިޒާމް ބަޖެޓްގެ ތެރެއިން ހަމަޖެއްސުން.
  6. ވައުޗަރ ތައްޔާރުކުރުން (ޕަރޗޭސް ބިލް ހެދުން) އަދި ވައުޗަރ ރެޖިސްޓަރ ތައްޔާރުކުރުމާއި އެތަކެތި ފުރިހަމައަށް ޗެކްކުރުން.
  7. ކްރެޑިޓް ބިލްތައް ޗެކްކުރުން.
  8. ކޮމިޝަނުން އެކިފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކަށް ތައްޔާރުކުރާ އެއްބަސްވުންތަކަށް ބޭނުންވާ ބަޖެޓާބެހޭ މަޢުލޫމާތު ފުރިހަމަކޮށްދިނުން.
  9. ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން.
  10. ކޮންމެ އަހަރަކަށް ލަފާކުރާ ކޮމިޝަނުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގަވާ މުއްދަތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  11. ކޮމިޝަނުންގެ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި އަހަރީ އޯޑިޓްގެ މަސައްކަތް ހަމަޖައްސާ އުސޫލާ އެއްގޮތައް ކުރުން.
  12. ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ކުރުވޭ ދަތުރުތަކަށް ބަޖެޓުން ފައިސާ ހަމަޖެއްސުމުގެ އެންމެހައި މަސަކަތް ކުރުން.
  13. ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

 

ތަޢުލީމީ ރޮނގު

ފައިނޭންސް

 

ހުށަހަޅަންޖެހޭ ތަކެތި

 

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

 

ސުންގަޑި

01 އޮގަސްޓް  2021 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-   މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

-   މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333

-  އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.

-  އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

35%

މަސައްކަތުގެ ތަޖްރިބާ

20%

އިންޓަވިއު

45%

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-  ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

-    އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

-   ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

-     މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

-    މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-   ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ އަދި މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-    އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ

-   ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެ،

06 ޖުލައި 2021 

06 ޖުލައި 2021