މަސައްކަތް
ނަންބަރު: IUL393.2021.27
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 14 ޖުލައި 2021 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

އިޢުލާން

އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

      ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އިޖްތިމާޢީ ސަރަހައްދު ތަކުގެތެރޭގައިހިމެނޭ ކުނިކަހައި ސާފުކުރަން ބޭނުންވާ ސަރަހައްދު ތަކަކަކީ :

      1- ކިނބިދޫގެ މޫނުމަތި ސަރަހައްދާއި، ބަނދަރު ސަރަހައްދު  ( ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް )

      2- ފުޓްބޯޅަ ދަނޑުގެ  ވަށައިގެން މަގު                         '' 

      3- އިޖްތިމާޢީ މަރުކަޒު ގޯތިތެރެ މަގާއެކު                        ''

      4- ޕްރީސްކޫލް ގޯތި  މަގާއެކު                             ''

      5- ރަތްވިލާގެ ގޯތި  މަގާއެކު                              ''  

      6- އޯކިޑްވިލާ ގޯތި  މަގާއެކު                              ''

      7- މަސްޖިދުލް ނޫރު ގޯތީގެ އެތެރެއާއި ބޭރު މަގާއެކު                 ''

      8- ޤަބުރަސްތާނުގެ ވަށައިގެންވާ މަގުތައް                        ''

      9- މަސްޖިދުލް ޒަހުރާ ގޯތި ވަށައިގެންވާ މަގުތަކާ ގޯތީގެ އެތެރެ            ''

      10- ކިނބިދޫ ސްކޫލްގެ އިރުން އޮންނަ ސަރަހައްދު                   ''

            އިޖްތިމާޢީ ސަރަހައްދު ކުނިކެހުމުގެ އަގަކީ މަހަކަށް -/15000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަގެކެވެ. މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 11 ޖުލައި 2021 ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައެވެ. އެސްޓިމޭޓްގައި ބައިވެރިވެލެއްވޭނީ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށް މި ރަޖިސްޓަރީ މުއްދަތު ހަމަނުވާ ފަރާތް ތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު މުއްދަތު ހަމަނުވާ ފަރުދުންގެ ވިޔަފާރި ރެޖިސްޓަރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އެސްޓިމޭޓް ހުށަހެޅުމާއި އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ 14 ޖުލައި 2021 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. ކުނިކަހައި ސާފުކުރަންޖެހޭ ތަންތަން ފާހަގަ ކުރެވިފައިވާ ރަށުގެ ޗާޓެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

- މަސައްކަތުގެ އަގަށް  %90  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު90x )

 - މާލީ ތަނަވަސްކަން  %5   (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް ކޮންމެ މަހެއް ވަކީން ބޭންކްގައި ފައިސާ އެންމެ ގިނަ ޢަދަދު / ފައިސާގެ ޢަދަދު × 5 ބަލައި އެވްރެޖް ހޯދުން)

 - މަސައްކަތުގެ ތަޖްރިބާ   %5   (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތަކަށް ލިބިފައިވާ ތަޖްރިބާގެ ލިއުންތަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.)

   އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.            

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

            24 ޛުލްޤައިދާ 1442

            04 ޖުލައި   2021

04 ޖުލައި 2021