މަސައްކަތް
ނަންބަރު: (IUL)202-A/1/2021/59
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 22:30
ސުންގަޑި: 15 ޖުލައި 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުއުޅަނދުތަކާއި ބެހޭ ޤަވާއިދު ހެދުން.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ނަންބަރު 35/2015 ގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހު 11:00 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޔަށް ޙާޟިރުނުވާ ފަރާތުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

25 ޛުލްޤައިދާ 1442

05  ޖުލައި  2021

05 ޖުލައި 2021