ދިވެހިރާއްޖެ
އިޢުލާނު އަތޮޅުގެއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލްގެ އަތޮޅުގެއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 06 ޖުލައި 2021 ވާ އަންގާރަ ދުވަހުން ފެށިގެން 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް forms.adh.gov.mv ލިންކް އިން ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680507 ފޯނަށް ގުޅުއްވައިގެންވެސް ނަންނޯޓް ކުރެއްވޭނެއެވެ. ނަންނޯޓްކޮށްފައިވާ ފަރާތްތަކާއެކު 12 ޖުލައި 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 02 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. |
25 ޛުލްޤަޢިދާ 1442
05 ޖުލައި 2021
(ސޮއި)
ނައުފަލް ޢައްބާސް
އެކްޓިންގ ސެކެޓްރީ ޖެނެރަލް