ބީލަން
ނަންބަރު: GS-202/IUL/2021/18
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 15 ޖުލައި 2021 11:00
ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

                    ނަންބަރ: GS-202/IUL/2021/18

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިއުލާން ނަންބަރ GS-202/IUL/2021/16 އިޢުލާނާ ގުޅިގެން ބީލަމުގައި ބައިވެރިވެފައި ވަނީ 3 ފަރާތުން ނެވެ 3 ފަރާތުގެ  ތެރެއިން އެއްފަރާތުން ބިޑު ބާޠިލް ކުރުމަށް ސިޓީއަކުން އެދިފައިވުމުން އެބިޑް އިވޮލުއޭޓް ނުކޮށް ދެން އޮތް 2 ބިޑް ވެސް ބިޑާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް މަދުވުމުން އެ 2 ބިޑްވެސް ބާޓިލްވުމުން ކުރިން ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖުލައި 05 އިން 2021 ޖުލައި 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. 
  3. ސެކިއުރިޓީއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ޖުލައި 12 ވާ ހޯމަ ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައި އޮންނާނެ އެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2021 ޖުލައި 15 ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައެވެ.
  6. ސެކިއުރިޓީ ގުޅޭ މަޢުލޫމާތު މައުލޫމާތު ދިނުމުގެ  ބައްދަލް ވުމުގައި ދެވޭނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގެމަނަފުށީ ސްކޫލް

ގއ. ގެމަނަފުށީ

އަމީނީ މަގު، ގއ. ގެމަނަފުށީ، ދިވެހިރާއްޖެ.

ފޯން:  7983077 ، 7775221

އީ-މެއިލް:      [email protected]

ކޮޕީ އީ-މެއިލް:

05 ޖުލައި 2021

                                          

05 ޖުލައި 2021