ބީލަން
ނަންބަރު: (IUL)403-A/403/2021/151
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 14 ޖުލައި 2021 11:45
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފު ކުރުމާއި ގުޅޭ

                 

                            ނަންބަރު:IUL)403-A/403/2021/151)

 އިޢުލާން  

 

އިޖްތިމާއީ ސަރަހައްދު ސާފުކުރުމާއި ގުޅޭ

ލ.މާމެންދޫ އިޖްތިމާއި ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު (IUL)403-A/403/2021/144 (20 ޖޫން 2021) އިޢުލާން އާއި ގުޅިގެން ކުނިކަހާ ސަރަޙައްދު 2 (ދޭއް) އަށް ބިޑު ހުށަހެޅުއްވި ފަރާތުގެ ލިޔެކިޔުންތައް ފުރިހަމަ ވެފައި ނެތުމުގެ ސަބަބުން ލ.މާމެންދޫ އިޖްތިމާޢީ ސަރަޙައްދު 2 (ދޭއް) އަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:45 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ 11:45 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބީލަމާގުޅޭ ބީލަންފޮތް، 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ 11:00 އާއި ހަމައަށް މިއިދާރާއިން  ލިބިވަޑައިގަންނަވާނެއެވެ.  ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ.

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު އައިޑީކާޑް ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަން ވާނެއެވެ. ވައިބަރ ނުވަތަ އީމެއިލް ޒަރީއާއިން އެގަޑީގައި ފޮނުވޭ އައިޑީކާޑް ކޮޕީ އާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

                25 ޛުލްޤައިދާ 1442

 

05 ޖުލައި 2021