ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
(IUL)147-AIT/1/2021/08 :ނަންބަރު |
||
ތާރީޚް: 05 ޖުލައި 2021 |
|||
މަޤާމު: |
ޕްރޮބޭޝަން އޮފިސަރ (އެމް.އެސް 2) |
ބޭނުންވާ ޢަދަދު: |
02 |
މުސާރަ: |
-/6,295 ރުފިޔާ |
|
|
މަސައްކަތްކުރަންޖެހޭތަން: |
ޖުވެނައިލް ކޯޓު / މާލެ |
|
|
މަޤާމުގެ އަސާސީ ޝަރުތު: |
ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސައިކޮލޮޖީ، ކައުންސެލިންގ، ޝަރީޢާ އެންޑް ލޯ އަދި ލޯ، މިއިން ރޮނގަކުން (ދަށްވެގެން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ނުވަތަ 6 ގެ (ޑިޕްލޮމާ ނުވަތަ އެޑްވާނސް ޑިޕްލޮމާ ނުވަތަ ޕްރޮފެޝަނަލް ސެޓިފިކެޓް ނުވަތަ އެސޯސިއޭޓް ޑިގްރީ) ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، މަތީގައި ބަޔާންކޮށްފައިވާ ތަޢުލީމީ ރޮނގުތަކުންކުރެ ރޮނގަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
||
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު: |
- ޝަރީޢަތުން މައްސަލަބަލާ ފިޔަވަޅުއަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރ ކުރުން. - ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން، ޕްރޮބޭޝަންގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތު ޝަރީޢަތަށް ފޯރުކޮށްދިނުން. - ޝަރީޢަތްތަކަށް ހުށަހެޅިފައިވާ ކުދިންނާއި އަދި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރާ ކުދިންނާ ގުޅޭގޮތުން ބާއްވަންޖެހޭ ކޭސް ކޮންފަރެންސްތަކާއި ކޮމިއުނިޓީ ކޮންފަރެންސްތައް އިންތިޒާމު ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- އިޞްލާޙީ ޕްރޮގްރާމުގައި ކޯޓުން ބައިވެރިކޮށްފައިތިބޭ ކުދިންނާއި، އިޞްލާޙީ މަރުކަޒެއްގައި ޝެޑިއުލްކޮށްގެން ކުދިންލައްވާ ވަކިމަސައްކަތެއް ކުރުމަށް އަންގާފައިތިބޭ ކުދިންނާއި ކައުންސިލިންގައި ބައިވެރިކޮށްފައިތިބޭ ކުދިންގެ ކަންތައްތައް ހިނގަމުންދާގޮތްބަލާ މޮނިޓަރ ކުރުމާއި، އެކުދިންނާބެހޭ ރިޕޯޓް މަހަކު އެއްފަހަރު ކޯޓަށްގެނައުން. - ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރާ ކުދިންގެ ރެކޯޑު ބެލެހެއްޓުން. - ޝަރުޠުކޮށް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ތިބޭ ކުދިންގެ ރެކޯޑު ބެލެހެއްޓުން. - ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކޯޓަށް ޙާޒިރުކުރެވޭ ކުދިންނާގުޅޭ ރިޕޯޓްތައް ހެދުން. - ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭކުދިންގެ ތެރެއިން، އިސްލާމިކް ކައުންސިލިންގ ދިނުމަށް ކޯޓުން ކަނޑައަޅާ ކުދިންނަށް ކުރިއަށް ގެންދެވޭ އިސްލާމިކް ކައުންސިލިންގ ޕްރޮގްރާމްތައް ރާވާ، އެ ޕްރޮގްރާމްތައް ކަމާ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ހިންގުމާއި، ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
- - ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރެވޭ ކުދިންނާއި އެކުދީންގެ ބެލެނިވެރިންގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް އެއްބާރުލުން ނުދޭ ކުދިންނާއި ބެލެނިވެރިންނަށް، އެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބާރު އެޅުމާއި އެކަމަށް ހިއްވަރުދީ އެފަރާތްތައް ތައްޔާރު ކުރުން. -
- ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތްނިންމުމަށްޓަކައި ކޯޓުގައިކުރިއަށް ގެންދާ، މުއްދަތުމަސައްކަތުގައި، ޢަމަލީގޮތުން މަސައްކަތްކުރުން. - ކޯޓުން ޙުކުމްކުރާ18 އަހަރުން ދަށުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމްތައް، ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި، ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ އެވެއާރނަސް ޕްރޮގްރާމުތައް ރާވާ ހިންގުން. |
||
އެހެނިހެން ޝަރުތު: |
|
||
މަޤާމާގުޅޭ މަސައްކަތުގެ ދާއިރާތައް |
ސޯޝަލް ވާރކް / ސޯޝަލް ސަރވިސް / ކައުންސެލިންގ / ޖުވެނައިލް ޖަސްޓިސް / ޤާނޫނީ ދާއިރާ |
||
އުޖޫރައާއި ޢިނާޔަތްތައް: |
މި މަޤާމަށް ހޮވޭފަރާތްތަކަށް:
|
||
ހުށަހަޅަންޖެހޭ ތަކެތި: |
|
||
އިތުރު މަޢުލޫމާތު: |
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. - އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ. - މި ފޯމު ފުރިހަމަ ކުރަންވާނީ ނޫ/ކަޅު ކުލައިގެ ދެލިންނެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާ އަދި ވެބްސައިޓުން www.juvenilecourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ.
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - މަސައްކަތްތަކާއި ގުޅިގެން އަތޮޅުތެރެއަށް ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން. - އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގުން. - ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިވުން. - ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ރިޕޯޓުތައް ޑްރާފްޓްކުރުމުގެ ޤާބިލްކަންހުރުން. - ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން. އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ. |
||
ސުންގަޑި: |
2021 ޖުލައި 14 ވަނަ ދުވަހުގެ 12:00 |