ދިވެހިރާއްޖެ
އެހެންއަހަރުތަކެކޭވެސް އެއްފަދައިން މިހިނގާ 1435 ވަނައަހަރުގެ ރަމަޟާންމަހަށް ސަޢުދީ ރަސްގެފާނު ކަދުރު ހަދިޔާ ކުރައްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު AF/2014/43-ފ221 (29 އެޕްރީލް 2014) ސިޓީންވަނީ މިއިދާރާއަށް އަންގަވާފައެވެ. އެސިޓީގައިވާ ގޮތުން މުޅިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކުރައްވާފައިވަނީ 50 މެޓްރިކްޓަނުގެ ކަދުރެވެ. މާލޭސިޓީއަށް ހަދިޔާ ކުރައްވާފައިވަނީ 8748 ކިލޯ ކަދުރެވެ. އެއީ ވިލިގިނލިއަވަށް އަދި ހުޅުމާލެ ހިމަނައިގެންނެވެ.
މާލޭސިޓީގައި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް 2 ކިލޯގެ 1 ޕެކެޓެވެ. ކަދުރު ދޫކުރާނީ މާލޭ ރަށްވެހިންނަށް އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމުންނެވެ. ކޮންމެ ބޭފުޅަކަށް ދޫކުރާނީ 2 ގޭބިސީގެ ކަދުރެވެ. މާލޭ ރަށްވެއްސެއްކަމަށް ބަލާނެ ހެތްކަކީ އައިޑީކާޑާއި ދަފްތަރުގައި ޖައްސަވާފައިވާ ބޭފުޅެއްނަމަ މާލޭ ރަށްވެއްސަކަށް ވުމުގެ ސެޓުފިކެޓުގެ ކޮޕީއެވެ. މިގޮތަށް ހަމަޖެއްސީ މާލޭރަށްވެހިންނަށް ބެހުމަށް ދޫކޮށްފައިވާ ކަދުރު ވީހާވެސް ގިނަރަށްވެހިންނަށް ބެހުމުގެ ބޭނުމުގައެވެ.
ކަދުރު ބެހުމަށް ހަމަޖައްސާފައިވާ ގަޑިތައް
ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 9:00 ން 13:00 އަށް
ހޮނިހިރު ދުވަސް ހެނދުނު 9:00 ން 13:00 އަށް
ހުކުރުދުވަސް މެންދުރުފަހުގެ 14:00 ން 16:00 އަށް
ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 ން 9:00 އާދެމެދު، ދޫކުރާނީ 100 ނަންބަރު، ހުކުރު ދުވަހު 14:00 ން 14:30 އަށް 50 ނަންބަރެވެ.
ކަދުރު ބަހާނީ 08 ޖޫން 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ކަދުރު ހުސްވަންދެންނެވެ. ކަދުރު ބަހާނީ ތައިސޭކޮށިގައި ހުންނަ މިއިދާރާގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓް ސެކްޝަނުންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.