މަސައްކަތް
ނަންބަރު: (IUL)GS-154/2021/16
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 14 ޖުލައި 2021 13:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ކަރަންޓް ވިއުގަ 3 ފޭސް ކުރުމަށް

މި ސްކޫލުގެ ކަރަންޓް ވިއުގަ 3 ފޭސްކުރާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

  1. މި ސްކޫލްގެ ކަރަންޓް ވިއުގަ 3 ފޭސްއަށް ބަދަލުކޮއްދެއްވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖުލައި 05 އިން 2021 ޖުލައި 12 އަށްބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.  އަދި އިއުލާނުގައިވާ އީ މެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ. މެއިލް ކުރައްވާނަމަ، ތިރީގައިވާ މަޢުލޫމާތުތައް މެއިލްގައި ހިމަނަންވާނެއެވެ.

  • ކުންފުނި/ފަރާތް
  • ނަންނޯޓްކުރާ މީހާގެ ނަން
  • ފޯން ނަމްބަރ
  • އީމެއިލް

  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 12 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނބުރުދޫ ސްކޫލް

އދ.ކުނބުރުދޫ

ފޯން: 6680842

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

25 ޛުލްޤައިދާ 1442

05 ޖުލައި 2021