ދިވެހިރާއްޖެ
ހުރަވީ ސްކޫލް |
|
މާލެ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)HUR/1/2021/29
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ކެންޓީންގައި މިދަންނަވާ މައިގަނޑު މަސައްކަތްތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
1. ބަދިގެ ހިމެނޭ ސަރަޙައްދުގައި މުށިޖެހުން
2. ބަދިގޭ ކަބަޑްސެޓްހެދުން
3. 4 ސިންކް ބެހެއްޓުން
4. ސާވިސް ކައުންޓަރ އެއް ހެދުން
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރަވީ ސްކޫލް
ފޯން: 3350714 / 3350704
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
04 ޖުލައި 2021