ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2021/0
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 14 ޖުލައި 2021 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ޕްރޮބޭޝަން އޮފިސަރ

މި އިޢުލާންވަނީ 05 ޖުލައި 2021 11:44 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު

(IUL)147-AIT/1/2021/07: ނަންބަރު

ތާރީޚް:  04  ޖުލައި 2021 

މަޤާމު:

ޕްރޮބޭޝަން އޮފިސަރ (އެމް.އެސް 2)

ބޭނުންވާ ޢަދަދު:

02

މުސާރަ:

-/6,295 ރުފިޔާ

 

 

މަސައްކަތްކުރަންޖެހޭތަން:

 ޖުވެނައިލް ކޯޓު / މާލެ 

 

 

މަޤާމުގެ އަސާސީ ޝަރުތު:

ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސައިކޮލޮޖީ، ކައުންސެލިންގ، މިއިން ރޮނގަކުން (ދަށްވެގެން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ނުވަތަ 6 ގެ (ޑިޕްލޮމާ ނުވަތަ އެޑްވާނސް ޑިޕްލޮމާ ނުވަތަ ޕްރޮފެޝަނަލް ސެޓިފިކެޓް ނުވަތަ އެސޯސިއޭޓް ޑިގްރީ) ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.         ނުވަތަ،

މަތީގައި ބަޔާންކޮށްފައިވާ ތަޢުލީމީ ރޮނގުތަކުންކުރެ ރޮނގަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

-  ޝަރީޢަތުން މައްސަލަބަލާ ފިޔަވަޅުއަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރ ކުރުން.

-  ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން، ޕްރޮބޭޝަންގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތު ޝަރީޢަތަށް ފޯރުކޮށްދިނުން.

-  ޝަރީޢަތްތަކަށް ހުށަހެޅިފައިވާ ކުދިންނާއި އަދި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރާ ކުދިންނާ ގުޅޭގޮތުން ބާއްވަންޖެހޭ ކޭސް ކޮންފަރެންސްތަކާއި ކޮމިއުނިޓީ ކޮންފަރެންސްތައް އިންތިޒާމު ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

-   އިޞްލާޙީ ޕްރޮގްރާމުގައި ކޯޓުން ބައިވެރިކޮށްފައިތިބޭ ކުދިންނާއި، އިޞްލާޙީ މަރުކަޒެއްގައި ޝެޑިއުލްކޮށްގެން ކުދިންލައްވާ ވަކިމަސައްކަތެއް ކުރުމަށް އަންގާފައިތިބޭ ކުދިންނާއި ކައުންސިލިންގައި ބައިވެރިކޮށްފައިތިބޭ ކުދިންގެ ކަންތައްތައް ހިނގަމުންދާގޮތްބަލާ މޮނިޓަރ ކުރުމާއި، އެކުދިންނާބެހޭ ރިޕޯޓް މަހަކު އެއްފަހަރު ކޯޓަށްގެނައުން.

-   ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރާ ކުދިންގެ ރެކޯޑު ބެލެހެއްޓުން.

- ޝަރުޠުކޮށް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ތިބޭ ކުދިންގެ ރެކޯޑު ބެލެހެއްޓުން.

-   ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކޯޓަށް ޙާޒިރުކުރެވޭ ކުދިންނާގުޅޭ ރިޕޯޓްތައް ހެދުން.

-  ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭކުދިންގެ ތެރެއިން، އިސްލާމިކް ކައުންސިލިންގ ދިނުމަށް ކޯޓުން ކަނޑައަޅާ ކުދިންނަށް ކުރިއަށް ގެންދެވޭ އިސްލާމިކް ކައުންސިލިންގ ޕްރޮގްރާމްތައް ރާވާ، އެ ޕްރޮގްރާމްތައް ކަމާ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ހިންގުމާއި، ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.

 

- ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި  ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރެވޭ ކުދިންނާއި އެކުދީންގެ ބެލެނިވެރިންގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް އެއްބާރުލުން ނުދޭ ކުދިންނާއި ބެލެނިވެރިންނަށް، އެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބާރު އެޅުމާއި އެކަމަށް ހިއްވަރުދީ އެފަރާތްތައް ތައްޔާރު ކުރުން.

-      ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތްނިންމުމަށްޓަކައި ކޯޓުގައިކުރިއަށް ގެންދާ، މުއްދަތުމަސައްކަތުގައި، ޢަމަލީގޮތުން މަސައްކަތްކުރުން.

-      ކޯޓުން ޙުކުމްކުރާ18 އަހަރުން ދަށުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމްތައް، ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

-  ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި، ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ އެވެއާރނަސް ޕްރޮގްރާމުތައް ރާވާ ހިންގުން.

އެހެނިހެން ޝަރުތު:

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ ފަނޑިޔާރަކާ ނުވަތަ އިސްވެރިޔަކާ ނުވަތަ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
  • ގަވާއިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

މަޤާމާގުޅޭ މަސައްކަތުގެ ދާއިރާތައް

ސޯޝަލް ވާރކް / ސޯޝަލް ސަރވިސް / ކައުންސެލިންގ / ޖުވެނައިލް ޖަސްޓިސް / ޝަރީޢާ އެންޑް ލޯ / ލޯ

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ސާރވިސް އެލަވަންސް: -/2000  ރުފިޔާ
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިންގ އެލަވަންސްގެ ގޮތުގައި 2700 ރުފިޔާ ލިބޭނެ.
  •  އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ.
  • ނައިޓްކޯޓުގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންގެ ފައިސާ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  5. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުން.
  8.  މަޤާމަށް ކުރިމަތިލާ ފަރާތުން ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީއަކާގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓިފިކެޓް ހުށަހެޅުން.
  9. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެކްރެޑިޓްކުރި ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށައަޅާއިރު، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ކްލެސިފިކޭޝަން އަދި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.

އިތުރު މަޢުލޫމާތު:

-          މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

-          އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ.

-          މި ފޯމު ފުރިހަމަ ކުރަންވާނީ ނޫ/ކަޅު ކުލައިގެ ދެލިންނެވެ.

-   ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާ އަދި ވެބްސައިޓުން www.juvenilecourt.gov.mv  އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ.

  މިއީ މިކޯޓުންކުރި ނަންބަރު (IUL)147-AIT/1/2021/03  އިއުލާނާގުޅިގެން، އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެމަޤާމުތަކަށް މީހުން ހޯދުމަށް ކުރާ އިޢުލާނެކެވެ.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

-   ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

-   މަސައްކަތްތަކާއި ގުޅިގެން އަތޮޅުތެރެއަށް ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.

-   އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

-   މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގުން.

-   ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިވުން.

-   ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ރިޕޯޓުތައް ޑްރާފްޓްކުރުމުގެ ޤާބިލްކަންހުރުން.

-   ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

ސުންގަޑި:

2021 ޖުލައި 14 ވަނަ ދުވަހުގެ 12:00

04 ޖުލައި 2021