ދިވެހިރާއްޖެ
މި އިދާރާއަށް KG1500ގެ ރަށު ޕިކަޕްގެ 2 ޕިކަޕް ގަނެދީ، ރޯޑްވާދިނަސް ހަދައި، ދާންދޫ ކައުންސިލްގެ ނަމުގައި ރަށު ޕިކަޕްތައް ރަޖިސްޓްރީކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތް ނިންމުމަށްފަހު އަދި އެޕިކަޕްތައް ގއ. ދާންދޫ ޖެޓީ އަށް ގެނެސް ބާލަދީ މި އިދާރާއާ ހަވާލުކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި އިދާރާއިން މިކަމަށް ބާއްވާ ބިޑް ސަބްމިޝަން އޮންލައިން ސެޝަން މީޓިންގައި ބައިވެރިވުމަށް އެދޭ ސިޓީ،11 ޖުލައި 2021 ވާ އާދީއްތަ ދުވަހު 10:00 އަށްމިއިދާރާގެ ހޮޓްލައިން 7330026 ނަންބަރަށް ވައިބާ އިން ފޮނުއްވުމުން އެފަރާތްތައް އެމީޓިންގައި ބައިވެރިކޮށްދެވޭނެއެވެ. އެމީޓިންގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
ގަންނަން ބޭނުންވާ ރަށު ޕިކަޕްތަކުގައި ހުންނަން ޖެހޭ ޝަރުތު:
- 1500 Kg ގެ ޕިކަޕްތައް ކަމުގައި ވުން.
- 3 ފުރޮޅުލީ ޕިކަޕަކަށް ވާންޖެހޭނެއެވެ.
- ކަރަންޓުން ޗާރޖުކުރާ ބެޓަރި ބޭނުންކުރާ ޕިކަޕްތައްކަމަށް ވާންވާނެއެވެ. ( ކޮންމެ ޕިކަޕަކަށް އިތުރު ބެޓަރިއަކާއިއެކު)
- ޕިކަޕް ކުރިޔަށް އަދި ފަހަތަށް ދުއްވެން ވާނެއެވެ.
- ޑްރައިވަރު އިންނަ ގެގަނޑު ހުންނަންވާނީ ހިޔާކޮށްފައެވެ.
ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ރަށު ޕިކަޕްތަކުގެ ބްރޭންޑާއި އިންޖީން ބްރޭންޑް އަދި ސްޕެސިފިކޭޝަން.
3- ރަށު ޕިކަޕްތަކުގެ ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން.
4- ރަށު ޕިކަޕް ވިއްކާނެ އަގު (މި އަގު ތަކުގެ ތެރޭގައި ހިމެނެނީ) :-
4.1- ރަށު ޕިކަޕް ވިއްކާ އަގު (ދިވެހި ރުފިޔާއިން)
4.2- ރަށު ޕިކަޕްތައް ރަށަށް ގެންނައިރު ރޯޑްވާދިނަސް ހަދައި މި އިދާރާގެ ނަމުގައި ރަށު ޕިކަޕްތައް ރަޖިސްޓްރީ ކޮށް ދާންދޫޖެޓީއަށް ގެނެސް ދެވޭނެ އަގު (ދިވެހި ރުފިޔާއިން)
5- ރަށު ޕިކަޕްތައް ދާންދޫ ކައުންސިލްގެ އިދާރާއާއި ހަވާލުކުރާނެ މުއްދަތު.
6- ރަށު ޕިކަޕްތަކުގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ ލިޔެކިއުން ތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- · މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެ ވިޔަފާރި ކުރާ ފަރާތެއްތޯ
- · ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage
|
|
10% |
ވޮރަންޓީ މުއްދަތު |
ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހެޅުމާއި ބަލައިގަތުން:
- ޕްރޮޕޯސަލް/ކޯޓޭޝަން / (ބިޑް) ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
- ހުށަހަޅުއްވާ ޕްރޮޕޯސަލް/ކޯޓޭޝަން/ ބިޑް ހުށަހަޅަންވާނީ މިކަމަށް 11 ޖުލައި 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑުހުށަހަޅަންބޭނުންވާ ފަރާތްތަކުން ބިޑް ސަބްމިޓް ކުރުމަށް މިއިދާރާއިން ދެންނެވުމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްތައް ހުށަހަޅާނީއެވެ.
- ބިޑްތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
- އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
- މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.