1. އައި.ޓީ. ސަރވިސަސް ގެ އީމެއިލް ދުވަހުން ދުވަހަށް ބަލާ، އީމެއިލްތަކަށް އެޓެންޑްކޮށް ޖަވާބުދާރީވުން.
2. ޔުނިވަރސިޓީގެ އައި.ޓީ. ސަޕޯޓް ސިސްޓަމަށް އަންނަ ރިކުއެސްޓްތައް ބަލާ، މުވައްޒަފުންނާއި މަސައްކަތް
ޙަވާލުކުރުން. އަދި މަސައްކަތުގެ އަޕްޑޭޓް ބަލާ ވީ އެންމެ އަވަހަކަށް ޓާސްކްތައް ނިންމުމަށް މަސައްކަތްކުރުން.
3. ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރުމުގައި ބައިވެރިވުން.
4. ޔުނިވަރސިޓީގައި ބޭނުންކުރާ މައި ސަރވަރތަށް ބެލެހެއްޓުން. މިގޮތުން:
▪ ސަރވަރތައް މޮނިޓަރކޮށް ބެލެހެއްޓުން.
▪ ސަރވަރތަކުގެ ބެކަޕް ހެދުން.
▪ ސަރވަރތައް އަޕްގްރޭޑްކުރުން.
5.ޔުނިވަރސިޓީގެ ބެކަޕް ނިޒާމް ހަރުދަނާކޮށް، މޮނިޓަރކޮށް މެއިންޓެއިންކުރުން.
6.ޔުނިވަރސިޓީގެ އޮޑިޓޯރިއަމްތަކުގައި ބޭނުންކުރާ އޯޑިއޯ ވިޒުއަލް އެކިއުޕްމަންޓްތައް ރަނގަޅު ޙާލަތެއްގައި
ބެހެއްޓުން. އަދި ބަދަލުކުރަންޖެހޭ ތަކެތި ދެނެގަނެ، އެ ކަމާއި ގުޅުން ހުރި ސެކްޝަންތަކާއި ގުޅިގެން އެ
ތަކެތި ހޯދުން.
7. ޔުނިވަރސިޓީގެ ނެޓްވަރކް ބަލެހެއްޓުމާއި ނެޓްވަރކް ޕަރފޯމަންސް ރަނގަޅުކުރުން. މިގޮތުން:
▪ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން.
▪ ނެޓްވަރކް ރަނގަޅުކުރުމަށް ކުރަންޖެހޭކަންތައްތައް ދެނެގަނެ، ހޯދަންޖެހޭ ހާޑްވެއަރ ދެނެގަތުން.
▪ ނެޓްވަރކަށް ބޭނުންވާ ހާޑްވެއަރ ހޯދުމުގެ މަސައްކަތްކުރުން.
▪ ނެޓްވަރކް ސްވިޗްތައް ސެޓަޕްކޮށް ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައްގެނައުން.
8. ޔުނިވަރސިޓީގެ ފަޔަރވޯލް މޮނިޓަރކޮށް މެއިންޓެއިންކުރުން.
9. ޔުނިވަރސިޓީ ގައި ބޭނުންކުރާ އައި.ޓީ. އާއި ގުޅުންހުރި ހާޑްވެއަރތަކުގެ މިންގަނޑު ތައްޔާރުކޮށް،
އަޕްޑޭޓްކުރުން. އަދި އައި.ޓީ އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
10. އައި.ޓީ. އާއި ގުޅުންހުރި ހާރޑްވެއަރ ފަދަ ތަކެތީގެ ބިޑް އިވެލުއޭޓްކުރުން.
11. އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
12. މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.
|