ވަޒީފާގެ ފުރުޞަތު
ނަންބަރު: A-381/2021/23
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 07 ޖުލައި 2021 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރްޞަތު

އިޢުލާން

ކުޑަހުވަދޫ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މުވައްޒަފަކު ވަކިވުމުން ނުވަތަ ޕޭލީވް/ނޯޕޭލީވް

ނެގުމުން ނުވަތަ،  އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން

އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތައް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު

ހުޅުވާލަމެވެ.

މަޤާމް :

އިމާމް / މުދިމް

ބޭނުންވާ ޢަދަދު :

10 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ދ.ކުޑަހުވަދޫ މިސްކިތްތައް / ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/61 ރުފިޔާ (އިމާމް)

މަސައްކަތް ކުރާ ގަޑިއަކަށް -/53 ރުފިޔާ (މުދިމް)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑީއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން

ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދުގެ، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން

5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.

6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިއުމެއް ނައްތާލުން.

7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.

8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން

10. ކަށުކަމާކެމީގެ ކަންތައް ކުރުން ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ޙާލަތެއްގައި)

11. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

މަޤާމް :

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު :

15 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތްތާއި   މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ދ.ކުޑަހުވަދޫ މިސްކިތްތައް / ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ (ކައުންސިލް އެސިސްޓެންޓް)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑީއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

މަޤާމުގެ މަސްޢޫލިއްޔަތު:

1-        ކޮންމެނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތައްގޮސް މިސްކިތާއި ވަޅުދޮށް،އިސްކުރުބަރި ފާޚާނާހުރިނަމަ ފާޚާނާސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށްނިމުމުން 15 މިނިޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން

2-        މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާއިބެހޭ ހުރިހާ ކަމެއްކުރުން (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން) އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން 

3-        ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ  ވިނަނޮޅާ ކުނި  އުކާލުމުގެ  މަސައްކަތް ކުރުން  އަދިމީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުން،  މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ  އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދު،ކުލަލާ  ހެދުން  މިފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން)

4-        އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި،ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން.       

5-        މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަށާއި،ރަށު ކައުންސިލް އިދާރާ އަށް  އަންގަމުން ގެންދިއުމާއި، ރަށުކައުންސިލް  އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

6-        ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން .              

7-        ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ޤަވާއިދުން ސޮއިކުރުން. 

 

                                           

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  ތަޢުލީމާއި ތަމްރީން

2-  މަސައްކަތު ތަޖްރިބާ

3-  މަސައްކަތުގެ ހުނަރު ދެނެގަތުމަށް ކުރެވޭ އިންޓަވިއު

 

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:

             އިންޓަވިޔުއޮންނާނީ  2021 ޖުލައި 08 ން ފެށިގެން ރަސްމީ 5 ދުވަހުގެ  

  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. (ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި

މިރަށުގައި ހުންނަވަންވާނެއެވެ.)

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

             2021 ޖުލައި 07 ވަނަދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ

ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ސިވިލް ސަރވިސް ވަޒީފާއަށްއެދޭ ފޯމުންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިއިދާރާއިން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް

(އަސްލާއެއްގޮތްކަމުގެ ތައްގަޑުޖަހާފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން

ދޫކޮށްފައިވާ ލިޔުންތައް.

3-      ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ

ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ.

 

       މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ

ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާ އެވެ. އީމެއިލްކުރައްވާނީ

[email protected] އަށެވެ.

01 ޖުލައި 2021

01 ޖުލައި 2021