ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: (ILU)356/356/2021/22 (31 މެއި 2021) އިޢުލާނާއި ގުޅިގެން މި ހިނގާ 2021 ޖޫން މަހުގެ ނިޔަލަށް ބަނދަރު ސަރަހައްދު ސާފުކުރުމަށާއި، އަދި މުއްދަތު ހަމަވާއިރު ނުގެންގޮސްހުރި ތަކެތި ނީލަން ކިޔާނޭކަމަށް ބަޔާންކޮށްފައިވީނަމަވެސް ޤަބޫލުކުރެވޭފަދަ ތަފާތު ސަބަބުތައް މެދުވެރިވެގެން ނުނެގޭ ތަކެތި ކައުންސިލުން ރަސްމީކޮށް ހުއްދަ ހޯއްދަވައިގެން ބެހެއްޓުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ބެހެއްޓޭ ތަކެއްޗާއިމެދު ޢަމަލުކުރެވޭނީ މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ "ބަނދަރު ސަރަހައްދު ސާފުކުރުމާބެހޭ އުސޫލު" އާއި އެއްގޮތްވާގޮތުގެ މަތީންނެވެ. ބަނދަރު ސަރަހައްދުގައި ތަކެތި ބެހެއްޓުމަށް މިކައުންސިލާއިއެކު އެގުރިމެންޓްކުރެވިފައިވާ ބިންތަކާއިމެދު "ބަނދަރު ސަރަޙައްދު ސާފުކުރުމާބެހޭ އުސޫލު" ން ޢަމަލުކުރުމުގެ ބަދަލުގައި އެބިމާއިމެދު ޢަމަލުކުރެވޭނީ އެބިން ޙަވާލުކުރެވިފައިވާ ފަރާތާއި، މިކައުންސިލާ ދެމެދުގައި ހެދިފައިވާ އެގްރިމެންޓްގައިވާ ގޮތަށެވެ.
ބަނދަރު ސަރަހައްދު ސާފުކުރުމާބެހޭ އުސޫލް
ތަޢާރުފާއި ނަން |
(ހ) |
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޑ) އިން ބާރުލިބިގެން އެކުލަވާލާފައިވާ ބަނދަރު ސާފުކުރުމާއި ބެހޭ ޤަވާޢިދެވެ. |
|
|
|
(ށ) |
މިޤަވާއިދަށް ކިޔާނީ [ބަނދަރުބެލެހެއްޓުމާ ބެހޭ ޤަވާޢިދު] އެވެ. |
ޢަމަލުކުރަން ފަށާ ތާރީޚު |
މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
||
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން |
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ. |
||
ބަނދަރަށް މުދާ ބޭލުން |
(ހ) ބަނދަރު ސަރަހައްދުގައި ތަފާތު މުދާތަށް ބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަށް ވަކިވާނޭހެން ފާހަގަތަކެއް ނުވަތަ ބޯޑްތަކެއް ކައުންސިލުން ޖަހަންވާނެއެވެ. (ށ) ބަނދަރަށް ތަކެތި ބާލަންވާނީ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކަށެވެ. |
||
|
|||
މުދާ ބާލަފައި ބަނދަރުގައި ބެހެއްޓުން
ބަނދަރު ސަރަހައްދުގައި ވިޔަފާރިކުރުން
|
5.
6.
|
(ހ)
(ށ)
(ނ)
(ހ) |
އާއްމުކޮށް ބަނދަރު ސަރައްދަށް ބާލާ އާއްމު މުދާ ގިނަވެގެން 48 ގަޑިއިރުތެރޭގައި ގެންދަންވާނެއެވެ. 48 ގަޑިއިރުގެތެރޭގައި ގެންގޮސް ނިންމާލެވޭ ވަރަށްވުރެން މުދާ ގިނަނަމަ، ނުވަތަ އެހެންވެސް ސަބަބަކާހުރެ 48 ގަޑިއިރުގެތެރޭގައި މުދާ ގެންގޮސް ނިންމާ ނުލެވޭނަމަ، އެކަން ކައުންސިލަށް ހުށައެޅުމުން މުދަލުގެ ބާވަތަށާއި ޢަދަދަށް ބަލާ އިތުރު މުއްދަތެއް ކައުންސިލުން ދުކުރެވޭނެއެވެ.
ބަނދަރު ސަރަހައްދަށް ބާލާ ސިމެންތި ހިލަ، ހިލަވެލި، ދަގަނޑު ފަދަ ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްތި 72 ގަޑި އިރުތެރޭގައި ގެންގޮސް ނިންމަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ 72 ގަޑިއިރުގެތެރޭގައި މުދާ ގެންގޮސް ނިންމާ ނުލެވޭނަމަ، އެކަން ކައުންސިލަށް ހުށައެޅުމުން މުދަލުގެ ބާވަތަށާއި ޢަދަދަށް ބަލާ އިތުރު މުއްދަތެއް ކައުންސިލުން ދޫކުރެވޭނެއެވެ.
މުދާ ބެހެއްޓުމުގެ ސަބަބުން ބަނދަރު ސަރަހައްދު ހަޑިވެފައިވާނަމަ މުދާ ގެންގޮސްނިންމާ ވަގުތުން ފެށިގެން ގިނަވެގެން 5 ގަޑިއިރުތެރޭގައި އެސަރަހައްދު ސާފުކޮށް ނިންމަންވާނެއެވެ. ސާފުކުރި ކަމުގައި ބެލެވޭނީ މުދާ ގެންގޮސް ނިންމުމަށްފަހު ތަން ސާފުކޮށް ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ދެއްކުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަމެއް ހުރިނަމަ އެކަން ރަނގަޅު ކުރުމަށްފަހުގައެވެ. ބަނދަރު ސަރަހައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. |
ޤަވާޢިދާ ޚިލާފުވުން |
7.
|
(ހ)
(ށ)
(ރ)
(ބ)
(ޅ) |
މުދާ ބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތައްނޫން އެހެންތަނަކަށް މުދާ ބާލައިފިނަމަ ފުރަތަމަފަހަރަށް މުދާ ބޭލި ދޯންޏެއްގެ ވެރިފަރާތުން -/1000ރ ން ޖޫރިމަނާކުރެވޭނެއެވެ. ތަކުރާރުވާ ކޮންމެ ފަހަރަކު -/1500ރ އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މުދާ ބަހައްޓާފައިވާ ބިމުގެ ބޮޑުމިނަށް ބަލާ ފުރަތަމަ 10 ދުވަހު އަކަފޫޓަކަށް 00/2ރ ގެ ރޭޓުން ފައިސާ ނެގޭނެއެވެ. އަދި 11 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކަށް އަކަފޫޓަކަށް 00/3ރ ގެ ރޭޓުން ފައިސާ ނެގޭނެއެވެ. އަދި 21 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކަށް އަކަފޫޓަކަށް 00/5ރ ރޭޓުން ފައިސާ ނެގޭނެއެވެ. 30 ދުވަހަށް ވުރެން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އަކަފޫޓަކަށް 00/10ރ ރޭޓުން ފައިސާ ނެގޭނެއެވެ.
ބަނދަރަށް ބާލާ މުދާ މިއުސޫލުގެ 5 ވަނަ ނަންބަރުގެ (ށ) އަދި (ނ) އާއި ޚިލާފުވެއްޖެނަމަ، ފުރަތަމަ 10 ދުވަހު އަކަފޫޓަކަށް 00/2ރ ގެ ރޭޓުން ފައިސާ ނެގޭނެއެވެ. އަދި 11 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކަށް އަކަފޫޓަކަށް 00/3ރ ގެ ރޭޓުން ފައިސާ ނެގޭނެއެވެ. އަދި 21 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކަށް އަކަފޫޓަކަށް 00/5ރ ރޭޓުން ފައިސާ ނެގޭނެއެވެ. 30 ދުވަހަށް ވުރެން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އަކަފޫޓަކަށް 00/10ރ ރޭޓުން ފައިސާ ނެގޭނެއެވެ.
ބަނދަރު ސަރަހައްދުގައި މުދާ ބެހެއްޓުމުގެ ސަބަބުން ހަޑިވެފައިވާ ސަރަހައްދު މިއުސޫލުގެ 5 ވަނަ ނަންބަރުގެ (ރ) ން ލިބެދޭ ވަގުތުގައި ސާފު ނުކޮށްފިނަމަ -/1500ރ އިން ޖޫރިމަނާ ކުރެވޭނެއެވެ.
މިޤަވާއިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އދ. މާމިގިލީ ކައުންސިލަށެވެ.
މި އުސޫލާއި އެއްގޮތަށް ކުރެވޭ ޖޫރިމަނާތަކާއި ފީތަށް ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް ދިވެހިރާއްޖޭގެ ސަރުއީ ކޯޓަކަށް މައްސަލަ ހުށައެޅޭނެއެވެ.
|
މިޤަވާޢިދުގެ ދަށުން މާނަކުރުން
|
|
(ހ)
(ށ) |
ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ އދ. މާމިގިލީ ރަށުކައުންސިލެވެ.
މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ. |