ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-HDS3/471/2021/23
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 19:39
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢު (ވިނަރެސް) އަކަށް ބަދަލުވުމުގެ ފުރުޞަތު ދިނުމާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2021/17 (18 އޭޕްރީލް 2021) އިއުލާނާއި ގުޅިގެން، އިތުރު މައުލޫމާތު ހޯދުމަށާއި، މިކަމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި، ގިނަ ފަރާތްތަކުން ހުށަހަޅަމުންދާތީ، މި ފުރުޞަތު އިތުރަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

 

ސަރުކާރުގެ ކުރިއަށް ހުރި ހައުސިންގ މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުޞަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗް.ޑީ.ސީ)  ތަރައްޤީކުރައްވާ "ވިނަރެސް" (1344 ހައުސިންގ ޔުނިޓް) ކަމާއި، ވިނަރެސް ފްލެޓްތަކުގެ އަގާއި، އެ ފްލެޓްތަކަށް ކުރިމަތިލެވޭނެ ކްރައިޓީރިއާ އާއި އެއްގޮތްވާގޮތުގެ މަތިން، ހިޔާއިން ލިބިފައިވާ ފްލެޓް ބަދަލު ކުރުމުގެ ފުރުޞަތެވެ. މި ފުރުޞަތު ތަކާއި ބެހޭގޮތުން، އިތުރު މައުލޫމާތު  ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނާއި (އެޗް.ޑީ.ސީ) މި މިނިސްޓްރީގެ، ތިރީގައި ބަޔާންކޮށްފައިވާ ނަންބަރު ތަކުންނާއި އީމެއިލްގެ ޒަރީއާއިން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކުން 31 ޖުލައި 2021 ނިޔަލަށް މި މިނިސްޓްރީއަށް އެކަން ތިރީގައި ބަޔާންކޮށްފައިވާ ޒަރީޢާތައް މެދުވެރިކޮށް އަންގަވައިދެއްވުމަށް އެދި ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު؛

އީމެއިލް: [email protected]

[email protected]

ފޯން: 4004959, 40044955, 4004954, 4004951

WhatsApp/SMS

:7444971

 

 

01   ޖުލައި  2021

01 ޖުލައި 2021