ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CB/426/2020/226
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 08 ޖުލައި 2021 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު މެނޭޖަރ (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން, ހުޅުދޫ އަދި މީދޫ މުނިސިޕަލް ސަރވިސް ޑިވިޜަން )

މި އިޢުލާންވަނީ 04 ޖުލައި 2021 15:35 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުސަތު

މަޤާމް

މެނޭޖަރ

ބޭނުންވާ ޢަދަދު:

  • ·         ހިތަދޫ – 1 (އެކެއް)
  • ·         ހުޅުދޫ އަދި މީދޫ – 1 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021)

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
  • ހުޅުދޫ އަދި މީދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

5500.00 ރުފިޔާ

އެލަވަންސް:

  • ހިންގުމުގެ އެލަވަންސް: 3000.00 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިވިޜަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޝެޑިއުލްކުރުމާއި އެ ޝެޑިއުލާއެއްގޮތަށް މަސައްކަތްތަށް ރާވައި އެކަމާއި ބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަށް އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.
  2. ޑިވިޜަންގެ މަސައްކަތްތައް ސުޕަވައިޒުކޮށް މޮނީޓަރކޮށް މަސައްކަތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުވައި ޗެކްކޮށް ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުނުކަން ކަށަވަރުކުރުން.
  3. މަސައްކަތުގައި ބޭނުންކުރާ ހުރިހާ ސާމާނާއި އާލާތްތައް މަސައްކަތް ނިމުމުން ކޮންމެ ދުވަހަކު ސާފުކުރުވައި ރައްކާކުރޭތޯ ބަލައި އެތަކެތި ޗެކްކޮށް ބެލެހެއްޓުން.
  4. މަސައްކަތަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިކުއެސްޓް ފޮނުވުމާއި ލިބޭތަކެއްޗާއި ބޭނުންކުރެވޭ ތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  5. މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް ޝެޑިއުލާ އެއްގޮތަށް މަސައްކަތްކުރިއަށްދޭތޯ ބަލައި ޗެކްކުރުން.
  6. މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނެ ފަންނީ ލަފާ ހޯދައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް:

ހިންގުމުގެ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 45% (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖުލައި 11 އާއި 2021 ޖުލައި 29 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

21 ޛުލްޤަޢިދާ 1442

01 ޖުލައި 2021