ދެންނެވުން
ނަންބަރު: IL-ADM/2021/36
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 31 ޖުލައި 2021 23:59
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

       04 ޖުލައި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

 

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް

      

       04 ޖުލައި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ޚިދުމަތް ހޯއްދެވުމަށް ކުރިޔެކޭވެސް އެއްފަދައިން މި އޮތޯރިޓީގެ ނަންބަރު 7919292 އަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތާއި ހޯއްދެވުމަށް ބޭނުންފުޅުވާ ޚިދުމަތް ލިޔުއްވުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުމަށް ދަންނަވަމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުލައި 2021