ޢާންމު މަޢުލޫމާތު
ނަންބަރު: GS146/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 15 ޖުލައި 2021 13:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

އިޢުލާން

މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލް އޮފީހުން 2021 ޖުލައި 04 ވާ އާދިއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 01 އަށް ކުދިން ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާކުދިންނެވެ.

 

ގްރޭޑް

2021 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރު ފުރާ

އިސްތިސްނާ / އިތުރު ބަޔާން

އެލް. ކޭ. ޖީ

2021 ޑިސެންބަރު 31 އަށް 05 އަހަރު ފުރޭ ދަރިވަރުން

ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

މީގެ އިތުރުން ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ.

ޔޫ. ކޭ. ޖީ

2021 ޑިސެންބަރު 31 އަށް 06 އަހަރު ފުރޭ ދަރިވަރުން

2021 އޮގަސްޓު 1 އަށް 5 އަހަރު ފުރޭ ދަރިވަރުން، ނިމިދިޔަ ދިރާސީ އަހަރުގެ 02 ވަނަ ޓާރމުގައި، 6 މަސްދުވަހުގެ ޚާއްޞަ ޕްރޮގްރާމު ގައި ބައިވެރިވެފައިވާ ދަރިވަރުން، 2021-2022 ވަނައަހަރުގެ ދިރާސީ އަހަރުގައި ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ޔޫ.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

ގްރޭޑް 01

2021 ޑިސެންބަރު 31 އަށް 07 އަހަރު ފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 01 ން ޖާގަ ލިބޭނެއެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޤަޢިދާ 1442

01 ޖުލައި 2021