ދިވެހިރާއްޖެ
ނަންބަރު:(IUL)32-A2-PR/1/2021/22
އިޢުލާން
ކާޕެޓް އަޅައިދީ ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ވެލާނާގޭ 02 ވަނަ ފަންގިފިލާއިން މި އޮފީހަށް ލިބިފައިވާ ޖާގާގައި، މި އޮފީހުންދޭ މަޢުލުމާތާ އެއްގޮތަށް ޓައިލް ކާޕެޓް އަދި ސީލިންގ ބޯޑު އަޅައިދީ ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފިހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް ހަވާލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv ގައި ޝާއިޢު ކުރެވޭނެއެވެ.
21 ޛުލްޤަޢިދާ 1442