މަސައްކަތް
ނަންބަރު: (IUL)322-M/322/2021/52
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 08 ޖުލައި 2021 09:15
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Andhaasee Hisaabu Hushaelhumuge Dhauvathu

  1. މިއިދާރާގެ ނަންބަރ: 48/2021/322/M-322(IUL) ( 28 ޖޫން 2021 ) އިޢުލާނާއިގުޅިގެން ނެޕީ ނައްތާލުމަށް އެދި އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ނެޕީ ނައްތާލުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 09:15 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 09:15 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. މިމަސައްކަތާބެހޭ މަޢުލޫމާތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މިއިދާރާއަށް ދުރުވުމުން މިއިދާރާއިންވެސް ލިބޭނެއެވެ.
  7. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 07 ޖުލައި 2021 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ގުޅާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
01 ޖުލައި 2021