ކުއްޔަށް ދިނުން
ނަންބަރު: (I)288/2021/052
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 08 ޖުލައި 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯކްޝޮޕެއް ހިންގުމަށް ބިމެއް ކުއްޔަށް ދިނުން

ވޯކްޝޮޕެއް ހިންގުމަށް ބިމެއް ކުއްޔަށް ދިނުން

ވޯކްޝޮޕެއް ހިންގުމަށް ބިމެއް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން 2021 ޖޫން 30 ވަނަ ދުވަހު މި އިދާރާއިން ކުރި (I)288/2021/049 ނަންބަރު އިޢުލާނު ގައި ކުށެއް ވާތީ، އެ އިޢުލާނު ބާޠިލްކޮށް، ބިން ކުއްޔަށް ދިނުމާ ގުޅޭ ގޮތުން އަލުން އިޢުލާނުކޮށް އެ ފުރުޞަތު ހުޅުވައިލަމެވެ.

މި ރަށު [ލީރާ] އެވެ ކިޔާ ގޯއްޗާ އިންވެގެން، އެ ގޯތީގެ އުތުރުން އޮތް ސަރަޙައްދުން 2000 (ދެ ހާސް) އަކަފޫޓުގެ ބިމެއް 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް، ވޯކްޝޮޕެއް ހިންގުމަށް ކުއްޔަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުލީގެ ގޮތުގައި ހުށަހެޅުއްވޭނޭ އެންމެ ކުޑަ އަގަކީ މަހަކު، އަކަފޫޓަކަށް 50/-ރ. (ފަންސާސް ލާރި) އެވެ.

ބިން ކުއްޔަށް ހިފާން ބޭނުންވާ ފަރާތްތަކުން މި ކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅުން އެދެމެވެ.

 

ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް

ފޯމު ހުށަހެޅުމުގެ ބައްދަލުވުން:

8 ޖުލައި 2021 (ބުރާސްފަތި) މެންދުރު ފަހު 1:00 މި އިދާރާ ގައި

 

ބިމަށް އެދި އެންމެ ބޮޑު ކުލި، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅައިފައިވާ ނަމަ ބިން ދޫކުރާނީ، އެންމެ ބޮޑު ކުލި ހުށަހެޅި ފަރާތްތަކުގެ މެދު ގައި ގުރުއަތުލައިގެންނެވެ. ބިމަށް އެދި އެންމެ ފަރާތަކުން ހުށަހަޅައިފައިވާ ނަމަ އެ ފަރާތަކަށް ބިން ދޫކުރެވޭނެއެވެ.

21 ޛުލްޤަޢިދާ 1442ހ.

1 ޖުލައި 2021މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

 

 

 

އިޢުލާނު ނަންބަރު (I)288/2021/052 އާ ގުޅިގެން ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދު

 

 

01 ޖުލައި 2021