މަސައްކަތް
ނަންބަރު: (IUL)A14-HC/2021/04
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 05 ޖުލައި 2021 13:30
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ. އުތީމު ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ހއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުން.

           ހއ. އުތީމު ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ހއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދިނުމާއި،

ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ބޭނުންވެއެވެ. 

           ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 5 ޖުލައި 2021ވާ ހޯމަދުވަހުގެ މެންދުރު ފަހު 13:30އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު 

ސާފުކުރެއްވުމަށްފަހު، 11 ޖުލައި 2021ވާ އާދިއްތަ ދުވަހުގެ 13:30އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން

އެދެމެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ

ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ އައިޑީ 

ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

01 ޖުލައި 2021