ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-B/141/2021/162
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 00:33
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް

                       އިޢުލާން

މިމިނިސްޓްރީގެ ނަންބަރ: IUL) 141-B/141/2021/155) (8 ޖޫން 2021) އިޢުލާނާ ގުޅިގެން، "ޔޫރޯ 2020" މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް މި އިޢުލާނާއެކު ހިމެނިފައިވާނެ ވާހަކަ ދަންނަވަމެވެ. ކޮވިޑުގެ ޙާލަތަށް ރިޢާޔަތްކޮށް، ޕްރޮޖެކްޓަރ ދޫކުރުން މަޑުޖައްސާލެވިފައި ވީނަމަވެސް، ކޮވިޑްގެ ޙާލަތު މިވަގުތު ރަގަޅުވަމުން އަންނަކަން ފާހަގަކުރެވިފައިވާތީ، 1 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ފްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް އަންގާނެ ވާހަކަވެސް ދަންނަވަމެވެ.

01 ޖުލައި 2021