ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/425/2021/ 08
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 10 ޖުލައި 2021 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ރޯމަސް މާރުކޭޓުގެ މަތީބުރި ތަކުގައި (ފަސްޓް، ސެކަންޑްފްލޯރގައި) ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުން

އިޢުލާން

             މާލޭ ރޯމަސް މާރުކޭޓުގެ މަތީބުރި ތަކުގައި (ފަސްޓް، ސެކަންޑްފްލޯރގައި) ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް ބޭނުންވެއެވެ.

            ވީމާ، އެތަންތަން މިހާރު ބޭނުން ކުރަމުންގެންދާ ފަރާތްތަކުން، 10 ޖުލައި 2021 ގެ ކުރިން މި އިދާރާގެ ފްލެޓްސް އެންޑް އެސެޓްސް މެނޭޖްމަންޓް ޔުނިޓް (މައްޗަންގޮޅީ އަވަށު އޮފީސް ހިންގި ޢިމާރާތް) އަށް ޙާޟިރުވެ އެ ފަރާތްތަކުގެ މަޢުލޫމާތު އެ ޔުނިޓަށް ދިނުމަށާއި އެތަންތަނާބެހޭގޮތުން އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެ ޔުނިޓަށް ދިނުމަށްވެސް ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

            އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 7994565 ނަންބަރު ފޯނާއި ގުޅުން އެދެމެވެ.

                                                            20 ޛުލްޤަޢިދާ 1442

30 ޖޫން 2021