ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/133
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 04 ޖޫން 2021 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކްޕަރމިޓާއި ގުޅިގެން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ޚިދުމަތާ ގުޅޭ

އިޢުލާން

ވަރކްޕަރމިޓާއި ގުޅިގެން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ޚިދުމަތާ ގުޅޭ

އެކްސްޕެޓް އޮންލައިން ސިސްޓަމް އަޕްގްރޭޑް ކުރުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސިސްޓަމަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދޫކުރާ ވަރކްޕަރމިޓާއި ގުޅިގެން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ޚިދުމަތް 1 ޖުލައި 2021 އިން 4 ޖުލައި 2021ގެ ނިޔަލަށް މެދުކެނޑިގެންދާނެ ކަމުގައި ދެންނެވީމެވެ.                 

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

30 ޖޫން 2021