ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)AEH/AEH/2021/28
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 07 ޖުލައި 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 750KG ޓަނޭޖުގެ 01 ޕިކަޕު ސަޕްލައިކުރުން

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 750KG ޓަނޭޖުގެ 01 ޕިކަޕު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/23 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2021 އިން ފެށިގެން 07 ޖުލައި 2021 ވާ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 08 ޖުލައި 2021 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް [email protected]މެއިލްކުރެއްވުމަށް ދަންނަވަމެވެ.
  5. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 12 ޖުލައި 2021 ވާ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ހޯލަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
  6. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
30 ޖޫން 2021