ބީލަން
ނަންބަރު: (IUL)425-A2/1/2021/96
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 21:09
ސުންގަޑި: 08 ޖުލައި 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، ފައިނޭންޝަލް ކޮންސަލްޓަންޓަކު ހޯދުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، މިއިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް ފައިނޭންޝަލް ރޮނގުން ލަފާ ދިނުމާއި ،ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި ފައިނޭންޝަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ފެންވަރު ނުވަތަ ޝަރުޠު:

މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާންވާނެއެވެ. ބަދަލުގައި އަންނަ ނަމަ ހުށަހަޅާ ފަރާތުގެ ހުއްދަ ލިބިފައިވާ ކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވ މި ބައްދަލުވުން އޮންނާނީ 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި މިމަސައްކަތަށް ރެޖިސްޓްރީ ވުމަށް އެދި ސިޓީ ހުށަހަޅައި މިމަސައްކަތަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ  

 

ކޮންސަލްޓަންޓަކު ހޮވުން:

މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ނޯޓް:

  • ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާފަރާތްތަކުން ރަޖިސްޓަރ ވުމަށްޓަކައި ސީވީއާއެކު ތައުލީމީ ސެޓްފިކެޓްތައް ތިރީގައި މިދަންނަވާ މެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާއިރު އިޢުލާން ނަންބަރު ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އިޢުލާން ނަންބަރު ޖައްސަވާފައި ނުވާ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމަވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވިކަން ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ. 
  • އީމެއިލް: [email protected]
  • ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގައެވެ. ދެވިފައިވާ ގަޑީގެ ފަހުން ފޮނުވާ އެއްވެސް މެއިލްއެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  
  • މިއިއުލާނާއި ގުޅިގެން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް، މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 16:00 ގައި ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އޮންލައިންކޮށެވެ. އަދި އެފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ލިންކް ފޮނުވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  • މިއިޢުލާނާއި އެކު ޓާރމްސް އޮފް ރިފަރެންސް އެޓޭޗްކުރެވިފައިވާނެއެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

29 ޖޫން 2021