މަސައްކަތް
ނަންބަރު: (IUL)285-D/285/2021/30
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 07 ޖުލައި 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނދުވަރީގޭގެ އުތުރުފަރާތުގައިއޮތް ހުސްބިން ސާފުކުރުމާއިބެހޭ

 

                   

ހަނދުވަރީގޭގެ އުތުރުފަރާތުގައިއޮތް ހުސްބިން ސާފުކުރުމާއިބެހޭ

                  ނ.ހެނބަދޫ ހަނދުވަރީގޭގެ އުތުރުފަރާތުގައިއޮތް ހުސްބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2021ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2021ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ، އެމަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކޮށްފައިވާ ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ.

                    މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                19 ޛުލްޤަޢިދާ 1442

                  29 ޖޫން 2021                                                           

                                                            

                                                            ހުސައިން އަބޫބަކުރު

                                                          ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

29 ޖޫން 2021