ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-AB/38/2021/629
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 18:20
ސުންގަޑި: 08 ޖުލައި 2021 13:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ކޮމިޝަނާރސް ބިއުރޯ - އޮފިސަރ (ޖީ.އެސް 3)

   (IUL)38-AB/38/2021/629:ނަންބަރު 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

02 (ދޭއް)

ސެކްޝަން:

ކޮމިޝަނާރސް ބިއުރޯ

އަސާސީ މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 2009.25 (މުސާރައިގެ %45)

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

 

މަސްއޫލިއްޔަތު:

  • ސެކްޝަންތަކާއި މުވައްޒަފުންނަށް ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ކަންކަން އެފަރާތްތަކަށް އެންގުން.
  • މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބަލައި، އެކަންކަމުގެ މަޢުލޫމާތު މެމްބަރުންނަށް އެރުވުން.
  • މެމްބަރުން ބޭނުންފުޅުވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޝަން ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން. އަދި ބައްދަލުވުންތަކުގެ ރެކޯޑިންގތައް ޤަވާއިދުން ބެލެހެއްޓުން.
  • ކޮމިޝަން ޖަލްސާތަކުގެ ޔައުމިއްޔާތައް މައިކްރޯ ސޮފްޓް ވޯޑް ބޭނުންކޮށްގެން ފަރިތަކަމާއި އެކު ލިޔަން އެނގުން.
  • އެކި ފަރާތްތަކާއެކު ކޮމިޝަނުން ސޮއިކުރެވޭ އެމް.އޯ.ޔޫ ތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރުމާއި، އެމް.އޯ.ޔޫ ތަކުގެ ރެކޯޑު ބެލެހެއްޓުން.
    • ސެކްޝަންތަކުން ތައްޔާރުކޮށް ފޮނުވާ އިޢުލާންތައް މީޑިއާތަކަށް ފޮނުވުމާއި، އެ އިޢުލާނަކާ ގުޅިގެން ޚަބަރެއް ތައްޔާރުކުރަންޖެހޭނަމަ ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ޚަބަރު ތައްޔާރުކޮށް މީޑިއާތަކަށް ފޮނުވުން.
    • ކޮމިޝަނުން އިންތިޒާމުކުރާ ނޫސް ކޮންފަރަންސްތަކުގެ އެންމެހާ ކަންކަން އިންތިޒާމްކުރުން.
    • ކޮމިޝަނުން ނެރެންޖެހޭ ނޫސް ބަޔާން، އިޢުލާން އަދި އީ-ނިއުސްލެޓަރފަދަ ތަކެތި ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ތައްޔާރު ކުރުމާއި އާންމު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
    • ކޮމިޝަނުން މީޑިއާއަށް ދޭންޖެހޭ ޚަބަރުތައް ބަލައި އެޚަބަރުތައް ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ތައްޔާރުކޮށް މީޑިއާއަށް ފޯރުކޮށްދިނުން.
    • އިންތިޚާބުތަކުގެ ނަތީޖާ އިޢުލާނު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
      • ކޮމިޝަންގެ ފޮރިން ރިލޭޝަންސް މަސައްކަތްތަކާ ގުޅިގެން ބޭރުގެ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތައް ކަމާ ގުޅޭ އެހެން ސެކްޝަންތަކާ ގުޅިގެން އިންތިޒާމުކޮށް ފޮލޯއަޕް މަސައްކަތް ކުރުން.
      • ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުތަކުގެ އިންތިޒާމުތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހަމަޖެއްސުން.
      • ކޮމިޝަނުން ދަޢުވަތު ދީގެން އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ފަރާތްތަކުގެ އެންމެހާ ކަންކަން ކުރުން.
      • އެކި އިންތިޚާބުތަކުގައި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން އޮބްޒާވަރުން އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ހުޅުވިއްޖެކަން އިޢުލާންކުރުމާއި، އެކަމާ ގުޅިގެން ހުށަހެޅޭ އެޕްލިކޭޝަން ފޯމު ތައްޔާރުކޮށް ދޫކުރުމާއި ބަލައިގަތުމާއި، ފޯމު ހުށަހަޅާ ފަރާތްތަކަށް ދޭންޖެހޭ ޖަވާބުތައް ދިނުމާއި، ފޮރިން އޮބްޒާވަރުންނާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ކުރުން.
      • ކޮމިޝަން ހިމެނޭ ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި ޖަމްޢިއްޔާތަކާއެކު ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
      • ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ކޮމިޝަން މެންބަރުން ފޮނުއްވާ ލިޔުންތަކާއި ތަހުނިޔާ ތައްޔާރުކޮށް ފޮނުވުން.
      • ކޮމިޝަންގެ އިންޓަރނަލް ސަރކިއުލަރ ސެކްޝަން ވެރިޔާގެ ލަފާގެ މަތިން އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް، ސެކްޝަންތަކަށް ސަރކިއުލޭޓްކޮށް، ފައިލްކޮށް ބެލެހެއްޓުން.
      • ރަސްމީގަޑީގައި ޙާޟިރުނުވެވިއްޖެނަމަ މުވައްޒަފުގެ އަތްމަތީގައިވާ އެދުވަހު ނިންމަންޖެހޭ މަސައްކަތް ފާހަގަކޮށް އެހެން މުވައްޒަފަކާ ހަވާލުކުރުން.
      • ކަނޑައެޅޭ ތާވަލެއްގެ ދަށުން، ދިމާވާ ކުއްލި ކަންކަމުގައި ރަސްމީގަޑި ފިޔަވައި އެހެން ގަޑިއެއްގައި އޮފީހުގެ މަސައްކަތްކުރަން ނިކުންނަން ޖެހިއްޖެ ހާލަތެއް ދިމާވެއްޖެނަމަ މަސައްކަތަށް ނިކުތުން.
      • އޮންކޯލް ޑިއުޓީ އަދާނުކުރެވޭ ފަދަ ޙާލަތެއް ދިމާވެއްޖެނަމަ އެކަން ކަމާބެހޭ ފަރާތަށް ވީހާވެސް އަވަހަކަށް އެންގުން.
      • މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން އިސްވެރިޔާ އަންގަވާ އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.
  • ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ސެކްޝަނަށް އަންނަ ސިޓީތަކަށް ސެކްރެޓަރީ ޖެނެރަލް އަންގަވާ ގޮތެއްގެ ކޮމިޝަނުގެ ސެކްރެޓޭރިއަޓުން ފޮނުއްވާ ތަކެތި ތައްޔާރުކޮށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.
  • ސެކްޝަންތަކުގެ މުވައްޒަފުންނަށް ކޮމިޝަނުގެ ސެކްރެޓޭރިއަޓުން އަންގަންޖެހޭ އެންގުންތައް އެންގުން.
  • އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާތަކާއި، ކޮމިޝަނުގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ކޮމިޝަން މެންބަރުންގެ އެޕޮއިންޓްމަންޓްތައް ބިއުރޯގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  • ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހުށަހަޅުމުގައި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ޖަހާފައިވާ ތައްގަނޑަކީ އިޢުލާނު ކުރާ ތާރީޚަށްވުރެ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ޖަހާފައިވާ ތައްގަނޑެއް ކަމުގައިވުން.

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

 - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ.  (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

 

 އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

10

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

15

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 

 

29 ޖޫން 2021