ދިވެހިރާއްޖެ
ނީލަން ކިޔުން |
ނަންބަރު: 223/1/2021/23(IUL) |
ތާރީޚް: 29 ޖޫން 2021 |
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިޓްރައިބިއުނަލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންކުރެވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.
ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 6 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 11 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ޓްރައިބިއުނަލަށް ފައިސާ ދެއްކެމަށްފަހު އެތަކެތި ގެންދަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3015555 ނަންބަރު ފޯނަށެވެ.
މި ނީލަމާ ގުޅިގެން ޓްރައިބިއުނަލަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
19 ޛުލްޤައިދާ 1442
29 ޖޫން 2021