ކުއްޔަށް ދިނުން
ނަންބަރު: WDC/IUL/2021/10
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 14 ޖުލައި 2021 13:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން ހިންގާދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީ

   ކ. މާފުށި، ދިވެހިރާއްޖެ                                                      

  

އިޢުލާން

        ނަމްބަރ:WDC/IUL/2021/10

 

 

ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން ހިންގާދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

 

          ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން 10 އަހަރު ދުވަހުގެ މުއްދަތަށް ހިންގާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 14 ޖުލައި 2021 ވާ ބުދަދުވަހުގެ 13:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން  9538121 އަށް ގުޅުއްވުން އެދެމެވެ.

        އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

                 19 ޛުލްޤައިދާ 1442

                 29 ޖޫން    2120                                      

29 ޖޫން 2021