ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2021/19
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 30 ސެޕްޓެންބަރު 2021 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ރަށުން ދޫކުރެވުނު ދަނޑުބިންތަކާއިގުޅޭ

މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2020/29 (12 އެޕްރީލް 2020) އިޢުލާނުކޮށް ދޫކުރެވުނު ދަނޑުބިންތަކަށް އެގްރިމެންޓް ކުރެވިފައިވަނީ 20 ސެޕްޓެމްބަރު 2020 ން  19 ސެޕްޓެމްބަރ 2021ގެ ނިލަށެވެ. އެކިއެކި ބޭނުންތަކަށް ގިނަ ދަނޑުބިންތަކެއް ހުސްކުރަންޖެހުމާއި ގުޅިގެން،  ދަނޑުބިންތަކުގެ މުއްދަތު އިތުރުކުރެވެންނެތް ވާހާކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.  

ވީމާ، ދަނޑުބިންތަކަށް 19 ސެޕްޓެމްބަރ 2021 އަށް މުއްދަތުހަމަވުމުން ދަނޑުބިމުގެ އެގްރިމެންޓްގެ 11.1 ގައިވާ ގޮތައް (ދަނޑުބިން މުއްދަތު ހަމަވުމާއިއެކު ތިޔަފަރާތައް ހަވާލުކުރެވިފައިވާ ދަނޑުބިން، ސާފްކުރުމަށްފަހު ކައުންސިލަށް ބިންހަވާލުކުރަންވާނެއެވެ. ބިން ހަވާލުކުރާއިރު، ދަނޑުގެ ވަށައިގެން އިން ވަކިކުރުމަށް ދަނގަނޑު ހޮޅި، ދަނޑި، ބިއްގަނޑު ނުވަތަ އެނޫންވެސް އިމަރާތެއްފަދަ އެއްވެސް އެއްޗެއް ހުރެގެން ނުވާނެއެވެ.) ދަނޑުބިންތައް ސާފުކޮށް 30 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް މިކައުންސިލަށް ބިންހަވާލުކުރުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ.ރަށުގައި ބިންލިބެންއޮތް މިންވަރަކުން ދަނޑުބިންދޫކުރުމާއިމެދު މަޝްވަރާކުރެވެމުންދާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                 ވީމާ،  މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޖޫން 2021