ނީލަން
ނަންބަރު: R/IUL/2021/82
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 05 ޖުލައި 2021 10:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ:R/IUL/2021/82

                                       އިޢުލާން

މި ކުންފުނީގެ ކ. ހިންމަފުށީ އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-   ގިނަ އަދަދެއްގެ ލައިނަރ (އިންޖީނުތަކުން ނައްޓާފަވާ / ބައުވެ ބޭނުން ނުކުރެވޭ)

-   ގިނަ އަދަދެއްގެ ޕިސްޓަން (އިންޖީނުތަކުން ނައްޓާފަވާ / ބައުވެ ބޭނުން ނުކުރެވޭ)

-   200V ގެ ގިނަ އަދަދެއްގެ ބެޓެރީ (ބައުވެ ބޭނުން ނުކުރެވޭ)

-   ޝާފްޓް (އިންޖީނުތަކުން ނައްޓާފަވާ / ބައުވެ ބޭނުން ނުކުރެވޭ)

-   ރޭޑިއޭޓަރެއް (އިންޖީނުތަކުން ނައްޓާފަވާ / ބައުވެ ބޭނުން ނުކުރެވޭ)

-   ރެފްރިޖިރޭޓަރެއް (ބައުވެ ބޭނުން ނުކުރެވޭ)

-   ކޮމްޕިއުޓަރ މޮނީޓަރެއް (ބައުވެ ބޭނުން ނުކުރެވޭ)

މި ނީލަން ފެށޭ އަގަކީ 2,500.00ރ (ދެހާސްފައްސަތޭކަ) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500ރ (ފައްސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި  01 ޖުލައި 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                                    18 ޛުލްޤަޢިދާ 1442

29 ޖޫން 2021