މަސައްކަތް
ނަންބަރު: (IUL)332-MS/332/2021/20
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި:
14 ޖުލައި 2021 14:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ
މިއިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ
މިކައުންސިލް އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއެއް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ އެވެ. ވީމާ ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ލޯގޯ ފަރުމާކޮށް 14 ޖުލައި 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބައިވެރިވުމުގެ ފުރުޞަތު:
- ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ދިއްފުށީގެ އެންމެހާ ރައްޔިތުންނަށްވަނީ ހުޅުވާލެވިފައެވެ.
ލޯގޯގެ ޝަރުތުތައް:
- ލޯގޯއަކީ ދިއްފުށި ރަމްޒުކޮށްދޭ، އެހެންރަށްރަށާ ދިއްފުއްޓާ ތަފާތުވާންޖެހޭ ސަބަބު ދައްކައިދޭ އަދި ރަށުގެ ތާރީޚާއި ގުޅުން ހުރި ލޯގޯއެއް ކަމުގައިވާންޖެހޭނެއެވެ.
- ލޯގޯގެ ޢާންމު ކުލަތައް ކަމުގައި ގަދަނޫކުލަ ހިމެނޭގޮތަށް ގިނަވެގެން 05 ކުލަ ހިމެނިދާނެއެވެ.
ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް
- ލޯގޯއަކީ ޑިޖިޓަލް ކުރެހުމެއް ކަމުގައިވާނަމަ ކުރެހުން ހުންނަންވާނީ 10*10 (ސެންޓިމީޓަރު) ރޭޝިއޯގައެވެ.
- ޑިޖިޓަލް ލޯގޯ ހުށަހަޅަންވާނީ .jpg ނުވަތަ .png ފޯމެޓުގައެވެ. އަދި ލޯގޯ ކައުންސިލުން އިޚްތިޔާރު ކޮށްފިނަމަ ލޯގޯގެ ވެކްޓަރ ފައިލް ފޯރުކޮށްދޭންވާނެއެވެ.
- ލޯގޯއަކީ އަތުކުރެހުމަކަށްވާނަމަ ކުރެހުން ހުންނަންވާނީ އޭ 4 ގަނޑުގައި 10*10 ސެންޓިމީޓަރުގެ އަކައެއްގައެވެ.
ލޯގޯއަށް މާކުސް ދިނުން
- ހުށަހަޅާ ލޯގޯތަކަށް މާރކްސް ދިނުމުގެ އެންމެހާ ކަންކަންކުރާނީ މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާގެ 05 ކައުންސިލަރުންނެވެ.
ވަނަ ހޮވުން
- ހުށަހަޅާ ލޯގޯތަކުގެ ތެރެއިން 01 ވަނަ 02 ވަނަ 03 ވަނަ ހޮވޭނެއެވެ.
- 01 ވަނައަށް ހޮވޭ ފަރާތަކަށް 1،000.00ރ (އެއްހާސް ރުފިޔާ)ގެ ރަމްޒީ ފައިސާގެ އިނާމަކާއި، ސެޓްފިކެޓް އަދި ފިލާ ހަވާލުކުރުމާއިއެކު އެލޯގޯ ކައުންސިލުގެ އޮފިޝަލް ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
- 02 ވަނަ 03 ވަނައަށް ހޮވޭ ފަރާތްތަކަށް ސެޓްފިކެޓް ދެވޭނެއެވެ.
ހުށަހެޅުން
- ލޯގޯތައް ބަލައިގަންނާނީ އިދާރާގެ އިދާރީ މުވައްޒަފުން ރަސްމީ ބަންދޫނޫން ދުވަސްތަކުގެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައެވެ.
ޑިޖިޓަލް ލޯގޯ
- ޑިޖިޓަލް ލޯގޯ ހުށަހަޅާނީ މިއިދާރާގެ ނަންބަރު 7730071 ފޯނަށް ވައިބާ މެސެޖަކުންނެވެ.
- ފޮނުވާ މެސެޖުގައި ފޮޓޯއާއިއެކީ އިތުރު ލިޔުމެއް ލިޔެގެންނުވާނެއެވެ.
- ލޯގޯގައި ރަމްޒުކޮށްދޭކަންތައްތައް 05 ޖުމްލައަށްވުރެ ދިގުނުވާގޮތަށް މެސެޖެއްގެ ގޮތުގައި ނުވަތަ ފޮޓޯ ފޯމެޓްގައި ހުށަހަޅަންވާނެއެވެ.
- އިތުރު މެސެޖެއްގައި ހުށަހަޅާ ފަރާތުގެ ނަން، އެޑްރެސް، އުމުރު، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު އަދި މެއިލް ފޮނުވަންވާނެއެވެ.
ހާޑުކޮޕީ
- ހާޑުކޮޕީ ލޯގޯ ހުށަހަޅާނީ A4 ކަރުދާހުގައެވެ.
- ލޯގޯ ހުށަހަޅާ ގަނޑުގައި އިތުރު އެއްވެސް ލިޔުމެއް (ކާކު ހުށަހެޅި ހުށަހެޅުމެއްކަން އެނގޭނެ އެއްވެސް ލިޔުމެއް، ކުރެހުމެއް ފަދަ އެއްޗެއް) ހިމަނައިގެންނުވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ނަން، އެޑްރެސް، އުމުރު، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު އަދި މެއިލްގެ މައުލޫމާތު އިތުރު ގަނޑެއްގައި ހުށަހަޅަންވާނެއެވެ.
- ހުށަހަޅާ ލޯގޯތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ބޭރުގައި "މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމާގުޅޭ" ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ލޯގޯއާއި ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަރުންނާއި ހިއްސާކޮށްގެންނުވާނެއެވެ.
އިތުރު މަޢުލޫމާތު
- 01 ވަނައަށް ހޮވޭ ލޯގޯގެ ކޮޕީރައިޓްސް ކައުންސިލަށް ހަވާލުކުރަންވާނެއެވެ.
- ލޯގޯއަށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި ލޯގޯގެ އަސްލު ނުގެއްލޭގޮތަށް އެބަދަލު ގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ދޭންވާނެއެވެ.
ސުންގަޑި
- މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ލޯގޯތައް ބަލައިގަންނަ އެންމެ ފަހު ވަގުތަކީ 14 ޖުލައި 2021 ގެ 14:00 އެވެ.
27 ޖޫން 2021
17 ޛުލްޤައިދާ 1442
27 ޖޫން 2021