ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނޭފަދަ ވަސީލަތްތަކާއި ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ MTCC-PD/IU/2020/0273 (22 މެއި 2021) އިއުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚާއި ވަގުތު |
އީމެއިލް އެޑްރެސް |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުން (އީމެއިލް މެދުވެރިކޮށް) |
30 ޖޫން 2021 އިން ފެށިގެން 06 ޖުލައި 2021 ގެ 12:00 ގެ ނިޔަލަށް |
|
މައުލޫމާތު ކަރުދާސް ހަވާލުކުރުން (އީމެއިލް މެދުވެރިކޮށް) |
06 ޖުލައި 2021 |
|
ބީލަމާއި ގުޅޭ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން (އީމެއިލް މެދުވެރިކޮށް) |
06 ޖުލައި 2021 އިން ފެށިގެން 07 ޖުލައި 2021 ގެ 12:00 އަށް |
|
ބީލަމާއި ގުޅޭ ސުވާލުތަކަށް ޖަވާބު އެރުވުން (އީމެއިލް މެދުވެރިކޮށް) |
07 ޖުލައި 2021 އިން ފެށިގެން 08 ޖުލައި 2021 ގެ ނިޔަލަށް |
|
އަންދާސީ ހިސާބު ހުށަހެޅުން (އީމެއިލް މެދުވެރިކޮށް) |
13 ޖުލައި 2021 ގެ 10:00 އަށް |
ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.