ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2021/22
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 07 ޖުލައި 2021 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

މި އިޢުލާންވަނީ 30 ޖޫން 2021 13:03 ގައި ބާތިލް ކުރެވިފައެވެ.


 

އިއުލާން

 

މަޤާމު:

ސީނިއާރ ފައިނޭންސް އޮފިސާރ

މަޤާމުގެ ނަންބަރު:

J-222080

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.ބާރަށު ކައުންސިލް އިދާރާ

މުސާރަ:

މަހަކު 6,295.00   ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު 2,000.00  ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއިވާޖިބުތައް:

1.       ކޮންމެ އަހަރެއް ނިމުމުގެ ކުރިން ޖެހިގެން އަންނަ އަހަރަށް ލަފާކުރާ އިދާރާގެ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚްގައި ފޮނުވުން.

 

2.       މުވައްޒަފުންގެ މުސާރަ ފައިސާއާއި، އެލަވަންސްތަކާއި އެކިއެކި އިނާޔަތްތަށް ހަމަޖެހިފައިވާ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހޯދުމަށްޓަކާއި ޕޭމަންޓް ވައުޗަރ ތައްޔާރުރުމާއި އެމަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހެދުން.

 

3.       ކައުންސިލް އިދާރާއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ބަލައިގަނެ ރަޝީދު ހެދުން.

 

4.       ލިބޭފައިސާ ދުވަހު ފޮތް ފުރިހަމަ ކުރުމާއި، ލިބޭފައިސާ ޖަމާކުރަންޖެހޭ އައިޓަމްތަކަށް ޖަމާކުރުން.

 

5.       ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ނުވަތަ އެނޫން ފަރާތަކަށް ފޮނުވަންޖެހޭ ފައިސާއެއް ވާނަމަ އެފައިސާއެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

6.       ތިޖޫރީގައި ހުންނަންޖެހޭ ފައިސާގެ ހިސާބުތަކާއި، ލިޔުންތައް އޮޅުންނާރާނެހެން ސާފުތާހިރުކޮށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވައިދުގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ ހިސާބުތަށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ބެލެހެއްޓުން.

 

7.       ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތިޖޫރީ ރިޕޯރޓް ހެދުން.

 

8.       ކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާއެއް އޮވެ، އެފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ އޮވެއްޖެނަމަ އެކަމުގެ މަޢުލޫމާތު ކައުންސިލް އިދާރާގެ ސެކްޝަނުގެ އިސްވެރިޔާއަށް ދަންނަވާ، އެފަރާތުގެ ލަފާގެ މަތީން އެފައިސާ ހޯދުމުގެ މަސައްކަތް ކުރުން.

 

9.       ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް މާކްސްދީ ނިމުމުން ސީއެސް ވިއުގައަށް މުއްދަތުގައި އަޅާ ނިންމުން.

 

10.   ކައުންސިލް އިދާރާގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ އެންމެހާ މަސައްކަތްތަށް ކުރުން. އޭގެތެރޭގައި އިދާރާގެ ކޮންޕިއުޓަރ ސިސްޓަމްތަކާއި ނެޓު ވޯކް ބެލެހެއްޓުން ފަދަ ކަންތައްތައް ކުރުން.

 

11.   ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުން. މަޢުލޫމާތު ހޯދާ ލިބިގަތުމަށް، އިދާރާއަށް ހުށަހެޅޭ ލިޔުންތަކަށް ޖަވާބު ދިނުމާއި، އަހަރު ރިޕޯރޓް ތައްޔާރު ކުރަންޖެހޭނަމަ އެރިޕޯރޓް ތައްޔާރުކޮށް ފޮނުވުން.

 

 

12.   ފައިސާއާއި ބެހޭގޮތުން އަންނަ / ފޮނުވާ ސިޓީ / މެސެޖު ފަދަ ލިޔުންތަކަށް ޝެކްޝަނުގެ އިސްވެރިޔާގެ މަސްވަރާގެ މަތިން ޖަވާބު ދިނުން. 

 

13.   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުސާދުގެ ދަށުން ކުރުން.

 

14.   ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

·         އެކައުންޓިންގ ( ކޯރ ޑިސްޕްލިން)

·         ފައިނޭންސް ( ކޯރ ޑިސްޕްލިން )

·         ބިޒްނަސްއެޑްމިނިސްޓްރޭޝަން

·         ބިޒްނަސްމެނޭޖްމަންޓް

 

 

މަޤާމުގެ ކޯ ޑިސިޕްލިން:

·         ފައިނޭންސް / އެކައުންޓިންގ

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

·         ފައިނޭންސް / އެކައުންޓިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.       ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249)ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ،ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ނުވަތަ:ސެޓްފިކެޓުނެތްހާލަތްތަކުގައި،ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެމް.ކިއު.އޭއެސެސްމެންޓްރިޕޯރޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް(އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިންބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން  ހޮވުމާއި  އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ  އިޞްލާޙު) ގެ .412 ވަނަ ނަންބަރުގައި  ހިމަނާފައިވާނެއެވެ.

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2021 ގެ 14:00 ގެ ކުރިން، ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ،11 ޖުލައި 2021 އާއި 15 ޖުލައި 2021 އާ ދެމެދު، ބާރަށު ކައުންސިލް އިދާރާ ގައެވެ.

 

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016 އަށެވެ. އީ-މެއިލް ކުރާނި[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

18 ޛުލްޤައިދާ  1442

28  ޖޫން    2021

        

 
28 ޖޫން 2021