ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2021/23
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 07 ޖުލައި 2021 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް

 

                                   

އިއުލާން

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-280151

ބޭނުންވާ އަދަދު:

 01 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.ބާރަށު ކައުންސިލް އިދާރާ  / މިސްކިތްތަކުގައި

މުސާރަ:

3100.00

ސަރވިސް އެލަވަންސް:

1000.00

އެހެނިހެން އެލަވަންސް:

  • ދިވެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގ ކޯ އެލަވަންސް -/1200 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.       ރަށުކައުންސިލުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށުކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާ ގޮތެއްގެމަތިން މަސައްކަތްކުރުން

 

2.       ރަށުކައުންސިލުން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފްކުރުމާއި، ފާޚާނާއާއި، އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފްކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުމާއި، ވިނަނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތްކުރުން (މީގެ ތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.

 

3.       މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފްކުރުން.

 

4.       އިމާމް/ މުދިމު އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފްކުރުން. އަދި ހޮޅިބުރިތަކާއި، ފަންކާތައް ކައުންސިލުން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިއްވުން.

 

5.       މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމު/ އިމާމު އަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިއުން.

 

6.       ރަށުކައުންސިލުންނާއި، އިމާމް/ މުދިމު ހަމަޖައްސާގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ، ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

 

7.       މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

 

8.       ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުސާދުގެ ދަށުން ކުރުން.

 

 ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން އެގުން

މަޤާމުގެ މަސައްކަތު ދާއިރާތައް:

·         ފޮޅާ ސާފްކުރުން

·         ކްލެރިކަލް ސަޕޯރޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.       ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249)ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ،ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭމަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެކޮޕީއާއިޓްރާންސްކްރިޕްޓުގެކޮޕީ؛ނުވަތަ:ސެޓްފިކެޓުނެތްހާލަތްތަކުގައި،ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެމް.ކިއު.އޭއެސެސްމެންޓްރިޕޯރޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް(އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިންބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން  ހޮވުމާއި  އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ  އިޞްލާޙު) ގެ .112 ވަނަ ނަންބަރުގައި  ހިމަނާފައިވާނެއެވެ.

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07ޖުލައި 2021 ގެ 14:00 ގެ ކުރިން، ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،11 ޖުލައި 2021 އާއި 15 ޖުލައި 2021 އާ ދެމެދު، ބާރަށު ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016 އަށެވެ. އީ-މެއިލް ކުރާނި[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

 

28 ޖޫން 2021