ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2021 |065
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 05 ޖުލައި 2021 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޯޝަލް ވޯކަރ

 

މަޤާމު: ސޯޝަލް ވޯކަރ 

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ޑިޕާޓްމަންޓް: ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ  

 

ތަޢުލީމާ ތަޖުރިބާ:

1-   މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މުސާރައާއި އިނާޔަތް :

މުސާރަ:                 7035.00 ރުފިޔާ

ސަރވިސް އެލަވަންސް:        2500.00 ރުފިޔާ

ރިސްކް އެލަވަންސް:          100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

ޓެކްނިކަލް ކޯ އެލަވަންސް:     މަހަކު މުސާރައިގެ %28 (1969.80 ރުފިޔާ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފަރުވާ ހޯދުމަށް އަންނަ ކުދިންނާއި އެކުދިންގެ އާއިލާ ތަކުގެ ސައިކޯސޯޝަލް އެސެސްމެންޓް ހަދާ، ހަވާލުކުރެވޭ ކޭސްތައް ރަނގަޅަށް ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  2. ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކާއި އެކު ގާތް ގުޅުމެއް ބާއްވާ ކޮންމެދުވަހަކު އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ޕްރޮގުރާމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ކައުންސިލިންގ ސެޝަންތައް ކުރިޔައް ގެންދިޔުން
  4. ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކުގެ ޙާލަތު މޮނީޓަރކުރުމާއި ޕްރޮގުރަސް ރިޕޯރޓު ހެދުން
  5. ޕްރޮގުރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމަންޓުތަކާއި ސޯޝަލް އިންކުއަރީ ރިޕޯރޓުތައް ހެދުން
  6. ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކުގެ ފައިލްތައް ބެލެހެއްޓުން
  7. ހަވާލު ކުރެވޭ ކޭސްތަކުގެ ކޭސް ޓްރެކް އަދި ސްޓެޓިސްޓިކް އަޕްޑޭޓްކޮށް ބެލެހެއްޓުން
  8. ބަލިމީހުންގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.
  9. މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 05 ޖުލައި 2021 ވަނަ ދުވަހެގެ މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134، ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޖޫން 2021